27 މެއި 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގަ އެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އެންޓޯނިއޯއާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އދ. އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ޔަގީންކަން ދެއްވި އެވެ. އަދި އދ. އިން ރާއްޖޭގެ ގައުމީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމާ، ބައިނަލްއަގްވާމީ މުޖްތަމައާ ރާއްޖެއާ އޮތް ގާތްކަމާ އިތުބާރު ދެމެހެއްޓުމުގައި އދ. އަދާކޮށްދޭ ދައުރު ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކައިގައި، ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމު ކަމާއި، މި މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ އދ.ގައި ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ރާއްޖެއަށް އދ. އިން ވެދޭ އެހީތެރިކަން އިތުރުކޮށް، ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އުންމީދު ދެ ބޭފުޅުން ވެސް އާކުރައްވަމުންނެވެ.
ރާއްޖެއަށް ފައިދާވާނީ ގައުމުތަކާ ގުޅިގެން: ރައީސް
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ސަލާމަތީ މަޖިލީހުގައި ރައީސަކު އަލަށް ތަގްރީރުކުރައްވަނީ
"ބޭނުންވަނީ އެންމެން ބައިވެރިވާ ޑިޖިޓަލް އިގުތިސާދެއް"
ޑިޖިޓަލް ދުނިޔެއަކަށް ރާއްޖެ ކުރާ ދަތުރު ކާމިޔާބު
އުފެއްދުންތެރިކަން އިތުރުނުކުރެވޭނެ ގޮތެއް ނެތް: ރައީސް
އިޒްރޭލުގެ އަމަލު ކުށްވެރިކުރަން ސިޑްސް އަށް ގޮވާލައިފި
ރާއްޖޭގެ ނާޒުކުކަން ބަލިޔަފަކަށް ނުހަދާ: ރައީސް
ދުނިޔެ މި ދަނީ ހައިޖާނަކާ ދިމާލަށް: ގުޓަރެސް
ދެ ދައުލަތާ ދެކޮޅުހެދުން ބަލައެއް ނުގަނެވޭ: އދ