ސިނަމާލެ ބްރިޖް ކައިރިން އޮޔާ ދިޔަ މީހަކު ސަލާމަތް ކޮށްފި އެވެ.
25 މެއި 2024
ސިނަމާލެ ބްރިޖް ކައިރިން އޮޔާ ދިޔަ މީހަކު ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނީ ބްރިޖު ސަރަހައްދުން މީހަކު އޮޔާ ދާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު 12:35 ގަ އެވެ.
އޭނާ މިހާރު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ކާކު ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާ މީގެ އިރުކޮޅެއް ކުރިން އެ ހޮސްޕިޓަލަށް ގެނެސްގެން އެމެޖެންސީގައި ޑޮކްޓަރުން އެޓެންޑުވަމުން އަންނަ ކަމަށެވެ.
އޭނާގެ ހާލަތާ ބެހޭ އެއްވެސް ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ބްރިޖު ސަރަހައްދަކީ ރާޅާ އަޅާ މީހުން ވެސް ވަރަށް އެރި އުޅޭ ސަރަހައްދެވެ.
މި ދުވަސްވަރު ވައިގަދަވެ މޫސުން ގޯސްވެފައިވާ އިރު މި ފަހުން ރިސޯޓެއްގައި ވެސް އޮޔާ ދިޔަ މީހަކު ސަލާމަތް ކުރަން މަސައްކަތް ކުރި ދިވެއްސަކު ވަނީ ގެނބިގެން މަރުވެފަ އެވެ.
ބްރިޖު ކައިރިން އޮޔާ ދަނިކޮށް ފެނުނީ މަރުވެފައި އޮތް މީހެއް
ދަރިފުޅު ހަމަލާދިނުމުން ޒަހަމްވި ބައްޕަ ފަރުވާއަށް މާލެ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި
ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ
އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސިޑެންޓުވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުގައި
ފައިނު އެކްސިޑެންޓް: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި
ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް ފަރުވާދެނީ
އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރަށް
ސައިކަލަކުން ޖެހި ތުއްތު ކުއްޖަކަށް އަނިޔާވެއްޖެ