24 މެއި 2024
ހިޔާ ފްލެޓް އެޕާޓްމެންޓެއްގެ ކުޑަދޮރަކުން ސިޑިގޮޅިއަށް އަނިޔާއެއް ލިބިދާނެ ފަދަ ގޮތަކަށް ކުޑަ އަންހެން ކުއްޖަކު ފައިބާ ވީޑިއޯއެއް އާއްމުވުމުން، އެކަން ހިނގައިދިޔަ ގޮތް ފުލުހުން ބަލަން ފަށައިފި އެވެ.
ހިޔާ ފްލެޓް އެޕާޓްމެންޓެއްގެ ކުޑަދޮރަކުން ސިޑިގޮޅިއަށް އަނިޔާއެއް ލިބިދާނެ ފަދަ ގޮތަކަށް ކުޑަ އަންހެން ކުއްޖަކު ފައިބާ ވީޑިއޯއެއް އާއްމުވުމުން، އެކަން ހިނގައިދިޔަ ގޮތް ފުލުހުން ބަލަން ފަށައިފި އެވެ.
ފޭސްބުކްގައި އާއްމުވި ވީޑިއޯގައި ފެންނަނީ ކުޑަ އަންހެން ކުއްޖާ ކުޑަދޮރުން ޝީޓު މައްޗަށް ނުކުމެގެން އެ ފްލޯގެ ސިޑިގޮޅިއަށް ފައިބަން އުޅޭ ތަނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެއީ، ހިޔާގެ ޓަވަރެއްގެ ފުރަތަމަ ފަންގިފިލަ އެވެ.
ކުޑަދޮރުން ޝީޓު މައްޗަށް އަރައި ސިޑިގޮޅިއަށް ފޭބޭ ގޮތަށް ހިޔާ ފްލެޓުގައި ހުންނަނީ ފުރަތަމަ ފްލޯގައި އެކަނި. -- ފޮޓޯ | ފަޔާޒް މޫސާ
ރަތް ފްލެޓެއްގެ ފުރަތަމަ ފްލޯގެ ކުޑަދޮރުން އެ ކުއްޖާ ފައިބާ މަންޒަރު އާއްމުވުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ނުރައްކާކޮށް ހުރި ތަނަކުން، އެގޮތަށް ފޭބުމަކީ އެ ކުއްޖާއަށް އަނިޔާއެއް ލިބިދާނެ ކަމަށް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އާއްމުވެފައިވާ ވީޑިއޯގައި ފެންނަ 9 އަހަރުގެ ކުއްޖާގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިއީ މި ކުއްޖާ ސިޑިގޮޅިއަށް ފޭބި ފުރަތަމަ ފަހަރެއް ނޫނެވެ. މިގޮތަށް ގެއިން ނުކުންނާތީ، ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް މައްސަަލަ އޮތީ ގެނެސްފަ އެވެ. އެ މިނިސްޓްރީން ވެސް އަންނަނީ މި ކުއްޖާގެ ކަންކަން ބަލަމުން ކަން އެނގިފައިވެ އެވެ.
ކުޑަދޮރުން ފައިބައިގެން ހިނގާފައި ގޮސް އެ ކުއްޖާ ސިޑިގޮޅިއަށް އަރައި އެތަނަށް ފައިބާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ. އެ ޝީޓުމަތިން އެގޮތަށް ފޭބެން އިންނަނީ ހިޔާ ފްލެޓްތަކުގެ ފުރަތަމަ ފްލޯގައި އެކަންޏެވެ.
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް
ހިޔާ ފްލެޓުގައި ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ
އެޕާޓްމަންޓުން ފޭރޭ ގްރޫޕްގެ ވަނަވަރު އާއްމުކޮށްފި
މިއީ މި ކުއްޖާ ކުޑަދޮރުން ފޭބި ފުރަތަމަ ފަހަރެއް ނޫން
ހިޔާ ފްލެޓުގައި ހަމަލާދިނީ އާއިލީ މައްސަލައަކާ ހެދި
ހިޔާ ފްލެޓެއްގައި މީހަކަށް ތޫނު އެއްޗެހިން ހަމަލާ ދީފި
12 ވަނަ ފްލޯ އިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ
ފަޒްނާ އަށް ހިޔާ ފްލެޓް ސަރަހައްދުން ފުރައްސާރަކޮށްފި
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި
ހިޔާ ފްލެޓެއްގައި ކުއްޖެއްގެ ގަޔަށް ވަޅި ހަރައިފި