21 މެއި 2024
ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބީއެމްއެލް އިން 'ބޭންކް ފަންޑް' ތައާރަފްކޮށްފި އެވެ.
ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބީއެމްއެލް އިން 'ބޭންކް ފަންޑް' ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކު ފަންޑުން ދެމެހެއްޓެނެވި އިޖުތިމާއި ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ. އެ ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް، ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
"ދެމެހެއްޓެނިވި އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން ބޭންކުން އަބަދުވެސް އަންނަނީ އަޅުގަނޑުމެން ހިދުމަތް ދެމުންދާ މި މުޖުތަމައުގައި ހިންގަމުންދާ މުހިންމު ހަރަކާތްތަކަށް އިންވެސްޓް ކުރަމުން،" ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބީއެމްއެލް އިން ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް 2019 އިން ފެށިގެން އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އަލަށް ހުޅުވާލި ބޭންކް ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކުރިން ދެމުން އައި ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަކަމާއެކު ފަށާ ފަންޑެއް ކަމަށެވެ.
'ބޭންކް ފަންޑް' ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ.
މިފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ބީއެމްއެލްއަށް އޮޅިގެން ފައިސާ އިތުރަށް ޖަމާވެއްޖެ
ޕޭރޯލް/ބަލްކް ޓްރާންސްފާގެ ހިދުމަތަށް ވަގުތީ ބަދަލެއް
ބީއެމްއެލް އެޕް ތިން ގަޑިއިރަށް ޑައުންވެއްޖެ
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލް އިން ހިއްސާއަކަށް 50ރ. ބަހަނީ
ޗެމްޕިއަންސް ލީގު ފައިނަލް ބަލަން ފުރުސަތު ލިބުނު ފަރާތް ހޮވައިފި
ބީއެމްއެލްއަށް އިތުރު 66،000 އެކައުންޓު!
ބީއެމްއެލްގެ ހިއްސާއަކަށް 50ރ. ބަހަން ހުށަހަޅަނީ
ކާލްގެ އަމާޒު: ކަސްޓަމަރުން ލޯބިވާ ބޭންކަކަށް ހެދުން