މިދިޔަ ހުކުރު ދުވަހު ހަތަރު މީހުންނާ އެކު ގެއްލުނު ދޯންޏާ ގުޅިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
20 މެއި 2024
މިދިޔަ ހުކުރު ދުވަހު ހަތަރު މީހުންނާ އެކު ގެއްލުނު ދޯންޏާ ގުޅިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯނި، "އޭއޭއޭ-37"ގެ ހަބަރެއް ނުވެގެން ރިޕޯޓު ކުރީ އެ ދުވަހު ހަވީރު 5:15 ހާއިރު އެވެ. އޭގައި އޭރު ތިބީ ދިވެއްސަކާއި ތިން ބިދޭސީންނެވެ.
ދޯންޏާއި އޭގެން ދަތުރުކުރި ހަތަރު މީހުން ހޯދުމަށް އިއްޔެގެ ނިޔަލަށް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ވަނީ 10،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފަ އެވެ.
މީގެ އިރުކޮޅެއް ކުރިން އެމްއެންޑީއެފުން ބުނީ އެ ދޯންޏާ ގުޅިފައިވާ ކަމަށާއި ކޯސްޓްގާޑް ޝަހީދު އަލީ އެ ދޯނި އޮތް ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލު ނުދޭތީ އޭގައި ތިބި މީހުންގެ ހާލު ރަނގަޅުކަން ނުވަތަ ނޫން ކަން އަދި ސާފެއް ނުވެ އެވެ.
މި ދުވަސްވަރު ހުޅަނގު މޫސުން ފެށި، ރާއްޖޭގެ މޫސުން ވަރަށް ގޯހެވެ. މިހާރު ވެސް އޮތީ ލ. އަތޮޅުން ފެށިގެން އައްޑޫއަށް ވައިޓް އެލާޓް ނެރެފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.
ކާށިދޫ ކަނޑުވި ދެ މީހުން ސަލާމަތްކަން ހޯދީ ޕެލެޓަކުން
މުޅި ރާއްޖެއަށް ވިއްސާރަ؛ ކަނޑުތައް ގަދަވާނެ!
ކަނޑުތައް ވަރަށް ގަދަ؛ ދަތުރުނުކުރަން އެދިއްޖެ
ބަންޑުން ޖަހައިލި ޑިންގީއަކުން މީހުން ސަލާމަތްކޮށްފި
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ކަނޑު އަޑިން ފެނިއްޖެ
ޒަކަރިއްޔާ ހޯދުން ކުރިއަށް، އަދިވެސް ނުފެނޭ
ކޮޅުވެއްޓި ބަންޑުންޖަހާލުން: ތަހުގީގާ މެދު ކަންބޮޑުވުން
ކޮޅުވެއްޓި ބަންޑުން ޖަހާލީ ކުއްލިއަކަށް އަރިއަޅާލައިގެން
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް
ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެނޭ