މީޑިއާތަކަށް ބޭރުން ފައިސާ ހޯދުން ވަރަށް ބޮޑަށް ހަނިވާ ގޮތަށް ފާސްކުރި ގާނޫނު ޖޯޖިއާގެ ރައީސް ސަލޯމޭ ޒުރަބިޝްވިލީ ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލައްވައިފި އެވެ.
މީޑިއާތަކަށް ބޭރުން ފައިސާ ހޯދުން ވަރަށް ބޮޑަށް ހަނިވާ ގޮތަށް ފާސްކުރި ގާނޫނު ޖޯޖިއާގެ ރައީސް ސަލޯމޭ ޒުރަބިޝްވިލީ ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލައްވައިފި އެވެ.
ޖޯޖިއާގެ ވެރިކަން ކުރާ ޑްރީމް ޕާޓީގެ ކޮންޓްރޯލް އޮންނަ ގާނޫނު ހަދާ މަޖިލީހުން އެ ގާނޫނު ފާސްކުރީ އެތައް ހާސް އާންމުންނެއް މަގުތަކަށް ނުކުމެ، އެ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ.
އެ ބިލުގައި ބުނެފައި ވަނީ ބޭރުގެ އެކި ފަރާތްތަކުން 20 ޕަސެންޓަށް ވުރެ ގިނަ ފައިސާ ލިބޭ އެންޖީއޯތަކާއި މީޑިއާތަކުން "ބިދޭސީ ބާރެއްގެ މަސްލަހަތު އިސްކުރާ" ފަރާތްތަކެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.
މިއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރަކަށް ވުމަށް މަސައްކަތް ކުރަމުންދާ ޖޯޖިއާއިން ފަހަތަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެ އިއްތިހާދުން ވެސް ވަނީ ސިފަކޮށްފަ އެވެ. ޕޯލްތައް ދައްކާ ގޮތުން، ރަޝިޔާއާ ފެޔަށްޖެހި، އީޔޫގެ މެމްބަރަކަށް ވާން ޖީޖިއާގެ 80 ޕަސަންޓަށް ވުރެ ގިނަ ރައްޔިތުން ބޭނުންވެ އެވެ.
މި ބިލާ ދެކޮޅަށް އާންމުން ނުކުމެ މުޒާހަރާކުރީ ވެސް އީޔޫގެ މެމްބަރަކަށް ވުމަށް ހުރަސްއެޅޭނެތީ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެވެ އެވެ. މި މުޒާހަރާތަކުގައި އާންމުންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކާ އެކު ހަމަނުޖެހުންތައް ވެސް ވަނީ ހިނގައިފަ އެވެ.
"މިއަދު އަޅުގަނޑު ވީޓޯއެއް ކަނޑައެޅީ... މިއީ އޭގެ ޒާތުގައި ރަޝިޔާގެ ސިފަތައް އެކުލެވޭ އަދި އަޅުގަނޑުމެންގެ ގާނޫނު އަސާސީއާ ފުށުއަރާ ގާނޫނެއް،" ޓީވީތައް މެދުވެރިކޮށް ޒުރަބިޝްވިލީ ދެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
މި ބިލު ތަސްދީގު ކުރަން ޒުރަބިޝްވިލީ ދެކޮޅު ހެއްދެވިޔަސް، މި ބިލު އަލުން މަޖިލީހުން ފާސްކޮށްފިނަމަ، ގާނޫނަކަށް ވާނެ އެވެ.
ޒުރަބިޝްވިލީ ގާނޫނަށް ގެންނަވަން ބޭނުންވާ އިސްލާހުތައް ވީޓޯ ޑޮކިއުމަންޓުގައި ފާހަގަކުރައްވައިފިނަމަ، އެ އިސްލާހުތައް ގެންނަން ވިސްނަން ވެރިކަންކުރާ ޕާޓީން ތައްޔާރަށް އޮތްކަމުގެ އިޝާރާތެއް ބޮޑުވަޒީރު އިރާކްލީ ކޮބަކިޑްޒޭ ވަނީ ދެއްވައިފަ އެވެ.
އަލްޒައިމާގެ އާ ބޭހަށް އީޔޫން ހުއްދައެއް ނުދިން
އިރާނުގެ ދައުލަތުގެ ޓީވީ އަށް އިޒްރޭލުން ހަމަލާ ދީފި
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި
ފަރާތަކަށް ބުރަނުވެ މައުލޫމާތު ފޯރުކޮށްދޭން އެދިއްޖެ
ޕީއެންއެފް ޖަލްސާގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަ
ނޫސްވެރިންނާ އެކު 14 ގަޑިއިރު، ތާރީހުގެ ތެރެއަށް!
ތެދުހޯދުމުގައި ފަސްޖެހުމެއްނެތި ދެމިތިބުން މުހިންމު:އިބޫ
ދޮގު މައުލޫމާތާ ދެކޮޅަށް ނޫސްވެރިންގެ ދައުރު މުހިންމު
ނޫސްވެރިކަމުގެ މިނިވަންކަން ދެ ދަރަޖަ ކުރިއަށް
"ނޫސްވެރިން ފެންޓެނޯއީގެއަށް ވަންނަން ހުރަހެއް ނެތް"