18 މެއި 2024
ހުޅުމާލެ އިން މާލެއަށް އަންނަން އެރި ޓެކްސީއެއްގެ ޑްރައިވަރު ހިތްހަމަނުޖެހިގެން ބަޔަކު މަގުމައްޗަށް ބޭލުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ހުޅުމާލެ އިން މާލެއަށް އަންނަން އެރި ޓެކްސީއެއްގެ ޑްރައިވަރު ހިތްހަމަނުޖެހިގެން ބަޔަކު މަގުމައްޗަށް ބޭލުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެކަން ދިމާވި މީހާ، ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެއިން އެ ޓެކްސީ ނެގީ އޭނާގެ ދަރިފުޅުގެ ފެތުމުގެ މުބާރާތެއް ނިންމާފައި މާލެ އަންނަން ކަމަށެވެ. ކާރަށް އެރި ހިސާބުން ވެސް ޑްރައިވަރު ބޭކާރު އެތައް ވާހަކައެއް ދެއްކި ކަމަށާއި އަހުލާގީ މިންގަނޑުތަކާ ނުގުޅޭ ވާހަކަ ދެއްކި ކަމަށް ވެސް ލިއެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި ދަތުރުގެ ވަކި ހިސާބަކުން، އެހެން މީހަކު އެ ކާރަށް އެރުވިޔަސް ހެޔޮތޯ ޑްރައިވަރު އެހި އެވެ. އެ ހުއްދަ ޑްރައިވަރަށް ދެމުން، އެ މީހާގެ އަތުން އަގު ނަގަންވާނީ، އެ މީހުން ފައިބާ ހިސާބުން ދަތުރު ފެށުނީ ކަމަށް ބަލައި އަގު ހެޔޮކޮށް ކަމަށް ބުނުމުން ޑްރައިވަރު ހިތްހަމަނުޖެހުނީ އެވެ.
"އެގޮތަށް [އެ މީހުން ފައިބާ ހިސާބުން ދަތުރު ފެށުނު ކަމަށް ބަލައި އަގު ނަގަން] އެއްބަސްވެ އެރުވިޔަސް އެންމެ ރަނގަޅު ކަމަށް ބުނީމެވެ. ނަމަވެސް އެކަމާ އެއްބަސްނުވެ އެއީ ތިމަންނަޔާ ދަތުރުނަގާ މީހާ ދެމެދު ގޮތް ނިންމާ ކަމެއްނޫންހޭ ކިޔާ ދެކޮޅުހަދާ ރުޅިގަދަ ކުރަންފެށި އެވެ،" ޓެކްސީގެ ނަމްބަރާ އެކު އޭނާ ކުރި ޕޯސްޓުގައިވެ އެވެ.
އޭނާ ބުނި ގޮތުގައި ހުޅުމާލެ ވަށާ ބުރު ޖެހިއިރު ވެސް ޓެކްސީއަށް އަރާނެ މީހަކު ނުވުމުން ޑްރައިވަރު އެ މީހުންނަށް އެންގީ އެ ޓެކްސީން ފޭބުމަށެވެ.
"އަހަރުމެން ދެމައިން ގޮވައިގެން މުޅި ހުޅުމާލެ ވަށާ ބުރުޖެހި އިރު ވެސް އެއަށް އަރާނެ އިތުރު ފަރާތެއް ނުވުމުން އިރުކޮޅަކުން އަންގައިފި، ތިމަންނަ ކިތަންމެ ނުބައޭ ބުންޏަސް އަދި ބޮޑު ވަރަކަށް މަރާލިޔަސް ތި މީހުން ނެގިތަނަށް ތިމީހުން ބޭލުން ނޫން ގޮތެއް ނެތޭ. ހުޅުމާލެއިން އެ ޓެކްސީއަށް އެރިތަނަށް ބާލާފައި ހިނގައްޖެ،" ބޯވާރޭގެ ތެރެއަށް އެމީހުން ބާލަފައި ދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމީހާ އެކްސްގައި ކުރި ޕޯސްޓުގައިވެ އެވެ.
އޭނާ ބުނީ މުބާރާތް ނިންމާފައި އެ ވަރުބަލިކަންމަތީ އަވަހަށް ގެއަށް ދާން ބޭނުންވެފައިވާ ކުޑަ ކުއްޖަކު އިން ދަތުރެއް ނަމަވެސް އެކަމަށް ބެލުމެއް ނެތި ޑްރައިވަރުގެ ފަރާތުން ފެނިގެންދިޔައި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
އެ ނުރުހުން ފާޅުކޮށްފައިވަނިކޮށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން، އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ހުޅުމާލޭ ޕޮލިހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ގަވާއިދުގެ ތެރެއިން އެ މައްސަލާގައި އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ޝިފާން ބުންޏެވެ.
Hulhumale' Police investigated the incident and are taking the necessary action in accordance with applicable regulations. Thank you
— Ahmed Shifan (@Shifan4040) May 18, 2024
ދަތުރުގެ މެދު ތެރެއިން ބަޔަކު މަގުމައްޗަށް ބާލުވާފައި ޑްރައިވަރު ދިޔަ މައްސަލައެއް ފެންމަތިވިއިރު މީގެ ކުރިން ވެސް އެކި ކަންކަމާ ހިތްހަމަނުޖެހި ޑްރައިވަރުން، މިގޮތަށް އަމަލުކޮށްފައިވެ އެވެ. މި ފަހުން ޑްރައިވަރުން ހިތުހުރި އަގެއް ނަގާ މައްސަލާގައި ބަޔަކު ނުރުހުންފާޅުކުރަން ފެށުމުން، ސަރުކާރުން އެ މައްސަލަ ހައްލުކުރަން ވަނީ ފަށައިފަ އެވެ.
އެކަމަކު ބައެއް ޑްރައިވަރުން ހިތްހަމަނުޖެހި، ސަރުކާރުން ޓެކްސީި ދަތުރުތަކުގެ އަގުގެ ތެރެއަށް ނުވަނުމަށް ވަނީ ގޮވާލައިފަ އެވެ.
މަގު ބްލޮކްކުރި އިތުރު ޓެކްސީޑްރައިވަރަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރުން ބަންދުކުރި މައްސަލަ ހައި ކޯޓަށް
ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ވަނަވަރު އާންމުކޮށްފި
ތިން ޑްރައިވަރަކު ހައްޔަރުކުރި: 22 ޓެކްސީ ޓޯކުރި
މަގު ބަންދުކުރި ޓެކްސީތައް ޓޯކޮށްފި
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ
އެއާޕޯޓު ޓެކްސީ ކިއުގެ މައްސަލަ ހައްލު ކޮށްފި
ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ޓެކްސީއެއް އަރައިފި
150،000ރ.ގެ މުދަލާއެކު ފިލި ޓެކްސީއެއް ހޯދައިފި
އަގު ބޮޑުކޮށް ޓެކްސީ ދަތުރުކުރި 15 މައްސަލަ ޕޮލިހަށް