Roadha Mihaaru
އެންމެ ވިޔަފާރިއަކުން އަލްވިންއަށް 100،000ރ.

އެންމެ ވިޔަފާރިއަކުން 16 އަހަރުގެ އަލްވިންއަށް 100،000ރ.

23 އެޕްރީލް 2024

ސިމްޑީން ރޯދަ މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ތެރޭގައި އަހުމަދު އަލްވިން މުހައްމަދު އައްބާސް އެތަނުން ކުރީ އެންމެ ވިޔަފާރިއެކެވެ. އެކަމަކު އެ ވިޔަފާރި ވީ އޭނާގެ ނަސީބަށެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިމްޑީން ރޯދަ މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ތެރޭގައި އަހުމަދު އަލްވިން މުހައްމަދު އައްބާސް އެތަނުން ކުރީ އެންމެ ވިޔަފާރިއެކެވެ. އެކަމަކު އެ ވިޔަފާރި ވީ އޭނާގެ ނަސީބަށެވެ.

ސިމްޑީން ހޮވި ނަސީބުވެރި ކަސްޓަމަރަކަށް ހޮވި އޭނާ އަށް 100،000ރ. ލިބުނީ އެވެ.

ހުޅުމާލޭގައި ހުންނަ ސިމްޑީ ރެކްރިއާ ފިހާރައިން، އުމުރުން 16 އަހަރުގެ އަލްވިން ގަތީ އެތަނުން ވިއްކާ "މޮނިން" ބްރޭންޑުގެ ސިރަޕްފުޅިތަކަކާއި އާއްމު ދިރިއުޅުމަށް ބޭނުންވާ ބައެއް ސާމާނެވެ. އެ ވިޔަފާރި އޭނާ ކުރީ ވެސް ޕްރޮމޯޝަނަށް ހުށަހަޅާފައިވާ އަގުހުރި އިނާމުތަކުގެ ތެރެއިން އިނާމެއް ލިބޭނެކަމުގެ އުއްމީދުގަ އެވެ.

އަލްވިން އަށް 100،000ރ. ލިބުނީ މި އިނާމުތަކުގެ ތެރެއިން ބޮޑު އިނާމު ލިބޭ ނަސީބުވެރިޔަކު ހޮވުމަށް އާދީއްތަ ދުވަހު ނެގި ގުރުގަ އެވެ.

އަލްވިން ބުނީ މިވަރުގެ ބޮޑު ފައިސާގެ އިނާމެއް ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އޭނާ މިހާރު ވިސްނަނީ މި ފައިސާ ރަނގަޅު ކަމަކަށް އިންވެސްޓްކޮށް ވިޔަފާރިއެއް ފެށުމަށެވެ.

ސިމްޑީން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ރޯދަ ޕްރޮމޯޝަނުގައި ވެސް އެންމެ ގިނަ ކަސްޓަމަރުންގެ ތަރުހީބު ލިބުނީ އެ ކުންފުނިން ހުށަހެޅި 100،000ރ. އަށެވެ. އެހެންވެ މި އަހަރު ވެސް ރޯދަ މަހު އެ ޕްރޮމޯޝަން ހިންގީ ކަސްޓަމަރުންގެ ތަރުހީބަށް ބަލައިފަ އެވެ.

ސިމްޑީން އަލްވިން އަށް ފައިސާގެ އިނާމު ހޮނިހިރު ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.

ސިމްޑީގެ ރޯދަ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުން މި މަހުގެ 13 ވަނަ ދުވަހަށެވެ.