Roadha Mihaaru
ސިމްޑީއިން ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި

ސިމްޑީ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި

21 މާޗް 2024

ސިމްޑީގެ ފިހާރަތަކުގައި މިހާރު ކުރިއަށްދާ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ ގުރުއަތު ނަގައި، ނަސީބުވެރިންނަށް އިނާމުތައް ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިމްޑީގެ ފިހާރަތަކުގައި މިހާރު ކުރިއަށްދާ ރޯދަ ޕްރޮމޯޝަނުގެ ފުރަތަމަ ހަފްތާގެ ގުރުއަތު ނަގައި، ނަސީބުވެރިންނަށް އިނާމުތައް ދީފި އެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ރޯދަ މަހުގެ ހަތަރު ހަފްތާއަށް ތިން އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. ފުރަތަމަ ހަފްތާގައި ހޮވި ލަކީޑްރޯއިން އެއް ވަނައަށް ހޮވުނު ޝިފާޒް ޝައްމޫންއަށް ލިބުނީ އެއް އަހަރު ދުވަހުގެ ދުނާރު ހަނޑުލެވެ. ދެ ވަނަ އަށް ހޮވުނު އައިމިނަތު ތަޒްކިޔާ ހަސަންއަށް ލިބުނީ ކޮފީ މެޝިނަކާއި ކީޕް ކަޕް، ކަޕްސެޓް އަދި ކެޕްސޫލް ހިމެނޭ ގޮތަށް އިލީ ކޮފީ ބަންޑްލްއެކެވެ. ތިން ވަނަ އަށް ހޮވުނު އަދުހަމް ލަޔާލް ގާސިމްއަށް ލިބުނީ އިންސްޓަ 360 1 އާރުއެސް ބޫސްޓް 4ކޭ އެޑިޝަންއެކެވެ.

މި ޕްރޮމޯޝަނުގެ ދެ ވަނަ ގުރުއަތު ނެގުން ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

އަންނަ ހަފްތާއަށް ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ހިމެނެނީ އެއް ވަނަ އަށް ލެންސަކާ އެކު ކެނޮން ޑީއެސްއެލްއާރު އީއޯއެސް 3000ޑީ ކެމެރާއެކެވެ. ދެ ވަނައަށް ހުށަހަޅާފައި ވަނީ އަވަން، ގޭސް ހޮބް، ރައިސް ކުކަރު އަދި ޕުލް އައުޓް ހުޑް ހިމެނޭ އިލޮކްޓްރޮލަކްސްގެ ކިޗަން އެޕްލަޔަންސް ބަންޑަލްއެކެވެ. އަދި ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ޑްރިންކް ރެސިޕީ ފޮތަކާ އެކު އިލޮކްޓްރޮލަކްސްގެ ބްލެންޑަރަކާއި މޮނިން، ސިރަޕް، ޕިއުރީޒް، ސިރަޕް އަދި ފްރެޕްސް ހިމެނޭ ބަންޑަލްއެކެވެ.

މި ޕްރޮމޯޝަނުގެ ކުރިއަށް އޮތް ދެ ހަފްތާގެ އިނާމުތަކަކީ:

ތިން ވަނަ ހަފްތާގެ އިނާމުތައް

- އެއް ވަނަ އިނާމު: ސްޓިކް ވެކިއުމް އަކާއި ހޭންޑް ވެކިއުމްއެއް ހިމެނޭ ގޮތަށް އިލެކްޓްރޮލަކްސްގެ ހޯމްއެޕްލަޔަންސް ކްލީނިން ބަންޑަލްއެއް

- ދެ ވަނަ އިނާމު: ކެނޮން ޖީއެކްސް 6070 އިންކް ޖެޓް ޕްރިންޓަރެއް

- ތިން ވަނަ އިނާމު: އެކި ވައްތަރުތަކުގެ އެކި ފްލޭވާތައް ހިމެނޭ ދިލްމާ ޓީ ބަންޑްލްއެއް

ހަތަރު ވަނަ ހަފްތާގެ އިނާމުތައް

- އެއް ވަނަ އިނާމު: ގޭތެރެއަށް ބޭނުންވާ ޕްރޮޑަކްޓުތަކާއި ކާބޯތަކެތި އަދި ޕާސަނަލް ކެއާގެ ޕްރޮޑަކްޓުތައް ހިމެނޭ ސިމްޑީގެ ސީޕީޑީ ބަންޑްލްއެއް

- ދެ ވަނަ އިނާމު: ލެނޯވޯ ބްރޭންޑްގެ އެމް10 ޓެބްލެޓެއް

- ތިން ވަނަ އިނާމު: ޑްރިންކް ރެސިޕީ ފޮތަކާ އެކު އިލޮކްޓްރޮލަކްސްގެ ބްލެންޑަރަކާއި މޮނިން، ސިރަޕް، ޕިއުރީޒް، ސިރަޕް އަދި ފްރެޕްސް ހިމެނޭ ބަންޑަލްއެއް

މި ޕްރޮމޯޝަނުގެ އެންމެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ އެއް ލައްކަ ރުފިޔާ އެވެ.