Roadha Mihaaru
35 އިން މައްޗަށް މެޑިކަލް ޗެކަޕް ތައާރަފްކޮށްފި

35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ތައާރަފްކޮށް، 18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ސްކްރީނެއް

01 އެޕްރީލް 2024

އާސަންދަ ސްކީމްގެ ދަށުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ޕެކޭޖު ތައާރަފްކޮށް، 18 އަހަރުން ދަށުގެ ކުދިންނަށް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް މިއަދުން ފެށިގެން ސްކްރީނިން ހެދޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާސަންދަ ސްކީމްގެ ދަށުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ޕެކޭޖު ތައާރަފްކޮށް، 18 އަހަރުން ދަށުގެ ކުދިންނަށް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް މިއަދުން ފެށިގެން ސްކްރީނިން ހެދޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ ހަފުތާ 14 ގައި ހިމަނާފައިވާ މަގުޗާޓުގައި ހިމެނޭ ގޮތަށް، 35 އަހަރުން މަތީގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. އޭގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ދަރިވަރުން ހަދަންޖެހޭ ހާއްސަ ޓެސްޓުތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ ގޮތްތައް ކަނޑައަޅާފައިވެ އެވެ.

ސަރުކާރުން މިދިޔަ ޖެނުއަރީގައި މެޑިކަލް ޗެކަޕް ހަދަން ފެށީ 50 އަހަރުން މަތީގެ މީހުންނާއެކުގަ އެވެ. އެއަށްފަހު، މެޑިކަލް ޗެކަޕް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖުތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތަށް، 19 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށްފައިވާ އަސާސީ ޕެކޭޖުތަކަށް ބަދަލު ގެނެސްފައިވެ އެވެ.

އެ އުމުރުގެ މީހުންނަށް ޗެކަޕް ހަދަން ފަށާނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.

އާސަންދައިން ބުނީ 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެވެ. ކެންސަރު ސްކްރީނިން ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއް ފަހަރު ހެދޭނެ އެވެ. ވަކި މުއްދަތެއްގެ ތެރޭގައި ހަދަން ކަނޑައަޅާފައިވާ ޓެސްޓުތައް ވެސް ޑޮކްޓަރު ލަފާ ދީފިނަމަ، ސްކީމްގެ ތެރެއިން ހެދޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.