ލުބްނާންގެ ވެރިރަށް ބައިރޫތުގެ ވައިގެ ބަނދަރުގެ ދަތުރުފަތުރަށް ހުރަސް އަޅައި ނެވިގޭޝަން ސިސްޓަމާ އެކި ގޮތްގޮތަށް އިޒްރޭލުން ކުޅެމުންދާ ކަމަށް ބުނެ އެ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ލުބްނާންގެ ވެރިރަށް ބައިރޫތުގެ ވައިގެ ބަނދަރުގެ ދަތުރުފަތުރަށް ހުރަސް އަޅައި ނެވިގޭޝަން ސިސްޓަމާ އެކި ގޮތްގޮތަށް އިޒްރޭލުން ކުޅެމުންދާ ކަމަށް ބުނެ އެ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ޣައްޒާގައި މިފަހަރު އިޒްރޭލުން ހަމަލާތައް ދޭން ފެށި ފަހުން، ފަލަސްތީނުގެ ހަމާސްއާ ގުޅުން އޮންނަ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ކޮންމެ ދުވަހަކުހެން އިޒްރޭލަށް އަމާޒުކޮށް ހަމަލާދެ އެވެ.
ލުބްނާންގެ ފޮރިން މިނިސްޓްރީން ބުނީ ބައިރޫތުގެ ވައިގެ ބަނދަރުގެ ވަށައިގެންވާ ވައިގެ ސަރަހައްދުގެ ނެވިގޭޝަން ސިސްޓަމްތަކަށް އިންޓަފިއާކޮށް ހުރަސްތައް ކުރިމަތިކުރުމުގެ އަމަލުތައް ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުން ދަނީ ކުރަމުންނެވެ. އެހެންވެ ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ އިޒްރޭލުން ގަސްތުގައި ވައިގެ ވަޔާއި ބިމުގެ ދަތުރުފަތުރުގެ ނެވިގޭޝަން ނިޒާމު ޖޭމްކޮށް، ސިގްނަލް ލިބޭ އަދި ޓްރާންސްމިޓްކުރާ ޑިވައިސްތަކަށް ގަސްތުގައި ހުރަސްއަޅަމުންދާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ބެއިރޫތު އެއާޕޯޓުން އެރައިވަލް އަދި ޑިޕާޗާ ސްކްރީންތަކަށް ސައިބަ އެޓޭކެއް ދީ ހިޒްބުﷲ އާ ދެކޮޅު ލިޔުންތައް ފެންނަ ގޮތް ހަދާފައިވެ އެވެ. އަދި މި ހަމަލާޔާ އެކު ބެގޭޖް ކޮންވެޔާ ބެލްޓްތައް ހުއްޓުމަކަށް އައިސްފައިވެ އެވެ.
އެއާޕޯޓްގެ ސިސްޓަމް ހެކް ކުރުމުގެ ފަހަތުގައި ތިބި މީހުން އަދި ނޭނގޭ ކަމަށާއި ސައިބަ ސެކިއުރިޓީގެ ތަޖުރިބާ ގައުމުގައި ނެތް ކަމަށް ޕަބްލިކް ވޯކްސް އެންޑް ޓްރާންސްޕޮޓޭޝަން މިނިސްޓަރު އަލީ ހަމީއާ ވަނީ ވިދާޅުވެފަ އެވެ. -- އޭއެފްޕީ
ލުބްނާންގައި ހަމަލާ ނުދިނުމުގެ އެއްބަސްވުމާ ހިލާފްވެއްޖެ
އިޒްރޭލުގެ ހަމަލާތަކުގައި ލުބްނާނުން 200 ކުދިން މަރު
އިޒްރޭލުގެ ބިރަށް ދުނިޔެ ސިހިގެން ނުވާނެ: ގުޓަރެޒް
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ ގަރާރު ފާސްކޮށްފި
އިޒްރޭލުން ގަތަރަށް ދިން ހަމަލާ ކުށްވެރިކުރަން:ރައީސް
ފަލަސްތީނުގެ ރައީސް ވެސް އެމެރިކާއަށް އެރުން މަނާ
ފަލަސްތީނުގެ އޮފިޝަލުން އެމެރިކާއަށް ނާރުވަން ނިންމައިފި
ޣައްޒާ ބަނޑަށްޖެހިފައިކަމަށް ބުނާތީ އިޒްރޭލުން އިންޒާރު
"ހޮސްޕިޓަލަށް ދިން ހަމަލާ ބަލާނަމޭ ބުންޏަކަސް ނުވާނެ"