ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދިން ކާމިޔާބު ފިލްމު "ގުޑް ނިއުސް"ގެ ދެވަނަ ބައި "ބޭޑް ނިއުސް" އިއްޔެ އިއުލާންކޮށްފި އެވެ.
ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދިން ކާމިޔާބު ފިލްމު "ގުޑް ނިއުސް"ގެ ދެވަނަ ބައި "ބޭޑް ނިއުސް" އިއްޔެ އިއުލާންކޮށްފި އެވެ.
މި ފިލްމުގެ ޕޯސްޓަރާއި ރިލީޒްކުރާ ތާރީހު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފަ އެވެ.
ވިކީ ކައުޝަލް އާއި ތުރިޕްތީ ދިމްރީ އަދި އައްމީ ވާކް ލީޑް ރޯލު ކުޅޭ މި ފިލްމަކީ މީގެ ދެ އަހަރު ކުރިން ޝޫޓިން ނިމިފައި އޮތް ފިލްމެކެވެ. މި ފިލްމަށް ކުރިން ކީ ވެސް އެހެން ނަމެކެވެ. އެއީ "މެރޭ މެހެބޫބް މޭރޭ ސަނަމް" އެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށަން މިހާރު ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ 19 އިން ފެށިގެންނެވެ.
ދަރްމާ ޕްރޮޑަކްޝަން އާއި އެމެޒަން ޕްރައިމް ވީޑިއޯ ގުޅިގެން ހަދާފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ އާނަންދު ތިވާރީ އެވެ.
"ގުޑް ނިއުސް" އެކޭ އެއްގޮތަށް "ބޭޑް ނިއުސް" އަކީ ދަރިމައިވުމުގެ މައްސަލައާ ގުޅޭ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.
ކަރީނާ ކަޕޫރް ހާން އާއި އަކްޝޭ ކުމާރް ލީޑު ރޯލު ކުޅުނު، 2019 ވަނަ އަހަރު ގެނެސްދިން "ގުޑް ނިއުސް" އަކީ އައިވީއެފްގެ ފަރުވާ ހޯދައިގެން ދަރިން ހޯދަން އުޅުނު ދެމަފިރިންތަކެއްގެ ދަރިފަނި އޮޅުންބޮޅުންވެގެން ހިނގާ މަޖާ ކަންތައްތަކެއް ދެއްކި ފިލްމެކެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
އާލިއާ ޕްރޮޑިއުސްކުރާ ފިލްމު އަންނަ މަހު ގެނެސްދެނީ
ވަރުން އާއި ޖާންވީގެ ފިލްމު ގެނެސްދެނީ އަންނަ އަހަރު
ސިދާންތު އާއި ތުރިޕްތީ އަށް ކަރަންގެ ފިލްމެއް
ކަރަން، އެކްތާ، ކާތިކް އެކުގައި ފިލްމެއް ގެނެސްދެނީ
ސިދާތުގެ "ޔޯދާ" އަންނަ އަހަރަށް ފަސްކޮށްފި
"ކުޗު ކުޗު ހޯތާ ހޭ" ލަވައެއްގެ އާ ވާޝަންއެއް ނެރެނީ
އާލިއާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު އިއުލާންކޮށްފި