27 ސެޕްޓެމްބަރ 2023
ބޮލީވުޑްގެ ތަރި އާލިއާ ބަޓް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު އިއްޔެ އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ތަރި އާލިއާ ބަޓް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު އިއްޔެ އިއުލާންކޮށްފި އެވެ.
"ޖިގްރާ" ކިޔާ އެ ފިލްމަކީ އާލިއާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އެޓާނަލް ސަންޝައިން ޕްރޮޑަކްޝަން އާއި ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
އާލިއާ ލީޑު ރޯލު ކުޅޭ އެ ފިލްމު ޑައިރެކްޓުކުރަނީ "މޮނިކާ އޯ މައި ޑާލިން" އާއި "މަރުދު ކޯ ދަރުތު ނަހީ ހޯތާ" ކަހަލަ ފިލްމުތައް ޑައިރެކްޓުކުރި ވަސަން ބާލާ އެވެ.
އިއްޔެ ނެރުނު އެ ފިލްމުގެ ފުރަތަމަ ޓީޒާގައި ބުނާ ގޮތުގައި، އެއީ ދައްތައެއްގެ ހިތުގައި އޭނާގެ ކޮއްކޮއަށް އޮތް ލޯތްބާއި ކޮއްކޮއަށްޓަކައި އޭނާގެ ދައްތަ ވާ ގުރުބާނީ ދައްކާނެ ފިލްމެކެވެ.
"މިއަދު ވަރަށް އުފާވޭ، އަހަރެން ފިލްމީ ދާއިރާއަށް ނެރެދިން މީހުންނާ އެކު، އަހަރެން ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު ވެސް ނެރެން ފުރުސަތު ލިބުމުން،" އެ ޓީޒާ އާންމުކުރުމަށް ފަހު ސޯޝަލް މީޑިއާގައި އާލިއާ ބުނެފައިވެ އެވެ.
އެ ފިލްމުގެ ކާސްޓާއި އިތުރު ތަފުސީލް އަދި އާންމެއް ނުކުރެ އެވެ.
އާލިއާ އާއި ކަރަންގެ އިތުރުން އެ ފިލްމު ޕްރޮޑިއުސްކުރަނީ އަޕޫރުވާ މެހެތާ އާއި ސޮމަން މިޝްރާ އެވެ.
އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު 24 ގަ އެވެ.
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
އާލިއާ ޕްރޮޑިއުސްކުރާ ފިލްމު އަންނަ މަހު ގެނެސްދެނީ
"ގުޑް ނިއުސް"އަށް ފަހުގައި ދެން އޮތީ "ބޭޑް ނިއުސް"
ވަރުން އާއި ޖާންވީގެ ފިލްމު ގެނެސްދެނީ އަންނަ އަހަރު
ސިދާންތު އާއި ތުރިޕްތީ އަށް ކަރަންގެ ފިލްމެއް
ކަރަން، އެކްތާ، ކާތިކް އެކުގައި ފިލްމެއް ގެނެސްދެނީ
ސިދާތުގެ "ޔޯދާ" އަންނަ އަހަރަށް ފަސްކޮށްފި
"ކުޗު ކުޗު ހޯތާ ހޭ" ލަވައެއްގެ އާ ވާޝަންއެއް ނެރެނީ
އިބްރާހިމް ބޮލީވުޑަށް ނުކުންނަ ފިލްމުގައި ކާޖޮލް
ކަރަންގެ އާ ފިލްމަށް 100 ކްރޯޑް ރުޕީސް