Roadha Mihaaru
އީސީއަށް މެމްބަރުން އައްޔަނުކުރުމުގެ ބާރު މަޖިލީހަށް ނަގަނީ

އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ނަގަން އިސްލާހެއް

18 މާޗް 2024

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނަގަން މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ފަރާތުން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނަގަން މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ފަރާތުން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވިީ އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުން ރައްޔިތުންގެ މަޖިލީހަށް އޮތުން މުހިންމު ކަމަށް ވިދާޅުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން، އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު މިހާރު ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އެކަމަކު ގާނޫނު މިހާރު އޮންނަ ގޮތުން މެމްބަރު ކަމަށް އާންމުކޮށް އިއުލާނު ކޮށްގެން ހުށަހަޅާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިގެން، ރައީސުލްޖުމްހޫރިއްޔާ އަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މަޖިލީހުން ފާސްވުމުންނެވެ.

އެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް ޔޫނުސް ހުށަހެޅުއްވި އިސްލާހުގައި ވަނީ، އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާއި ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން، އީސީގެ މެމްބަރުން އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށެވެ.

އެ އިސްލާހުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާ ދައުރަކީ، އީސީގެ މެމްބަރުކަމަށް މަޖިލީހުން ފާސްކުރާ ބޭފުޅަކު މެމްބަރަކު ކަމަށް އައްޔަން ކުރެއްވުން އެކަންޏެވެ.

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީގެ މެމްބަރަކު އެ އިސްލާހު ހުށަހެޅުއްވިއިރު، އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ މަގާމުގެ މުއްދަތު ހަމަވުމުން، މެމްބަރުކަމަށް މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފަ އެވެ.