10 މާޗް 2024
ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރޯދަ މަހަށް ތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު"ގައި މިފަހަރު ރައީސްގެ އަރިހުން މީހަކު އެދިފައި ވަނީ ކުރިއަށް ރޯދަ މަސް އޮތުމާ އެކު ކާބޯތަކެތި އަގު ހެޔޮކޮށްދިނުމަށެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، އެ ތަކެތި އަގު ހެޔޮކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަކެތީގެ އަގު އިތުރަށް ހެޔޮކުރެވޭތޯ ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
"މިހާރު ވެސް އަގު ހެޔޮކޮށް ވިއްކަން ފަށާފައި ވަނީ. އަދިވެސް ހަމަ އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ދުރު ރާސްތާ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތް ގާއިމުކޮށް، ފުޑް ސެކިއުރިޓީ ކަށަވަރުކުރުން ކަމަށެވެ. އޭރުން ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޖަވާބު
— Government of Maldives (@governmentmv) March 10, 2024
10 މާރިޗް 2024
ރޯދަމަހާ ދިމާކޮށް ވަކީން ޚާއްޞަކޮށް، ކާބޯތަކެތީގެ އަގު ހެޔޮވާނެ ގޮތްތައް ހައްދަވައިދެއްވުން އެދި ރައްޔިތަކު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/iSOLGbmK10
ރޯދަ މަހު، ދަތިނުވެ ކާބޯތަކެތީގެ ބާވަތްތައް ލިބޭނެ ކަމަށް ސަރުކާރުން ބުނާއިރު ތުރުކީން ގެންނަ ކާޑު ޝިޕްމަންޓް ވެސް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އެސްޓީއޯ އިން މިހާރު ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަމުން އަންނައިރު އަލުވި ކިލޯއެއް 15ރ. އަށް، އަދި ބިހެއް ވިއްކަނީ 1.7ރ. އަށެވެ.
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
އީދަށް ސިޓީތަކާއި ރަށްތައް ދިއްލައިފި
ފަހު 10ގައި ވަޒީފާއަށް ނުކުންނަ މީހުންނަށް އިނާޔަތެއް
ރައީސްގެ ނަސޭހަތް: އެހީފޯރުކޮށްދިނުން އިތުރުކުރަންޖެހޭ
އަންހެނުން ކޮމިޓީއަށް މުސާރައެއް ކަނޑައަޅަނީ
ޑޮލަރު މާރުކުރުން ލާޒިމްކުރާ ބިލް ތަސްދީގުކުރައްވައިފި
ރައީސް މުއިއްޒު އދ. އަތޮޅަށް ފުރާވަޑައިގެންފި
ލައިވްގައި ގުރުއާނުގެ ކަލިމައެއް އުނިވީ އިހުމާލަކުން
ވޯލްޑް ކަޕް ބިޑު ކާމިޔާބުކުރުމުން ރައީސްގެ މަރުހަބާ ސައޫދީ އަށް
މީހުން ސަލާމަތްކޮށް ނިމުނުއިރު އަލިފާންގަނޑު ފެތުރިއްޖެ