28 ފެބުރުއަރީ 2024
މާލޭގައި ހުންނަ މަޝްހޫރު ފެޝަން ބްރޭންޑް މެންގޯގެ ފިހާރަތަކުގައި "އެންޑް އޮފް ސީޒަން ސޭލް"ގެ ނަމުގައި ބޮޑު ސޭލްއެއް ފަށައިފި އެވެ.
މާލޭގައި ހުންނަ މަޝްހޫރު ފެޝަން ބްރޭންޑް މެންގޯގެ ފިހާރަތަކުގައި "އެންޑް އޮފް ސީޒަން ސޭލް"ގެ ނަމުގައި ބޮޑު ސޭލްއެއް ފަށައިފި އެވެ.
މި ސޭލްގައި އެ ތަނުން ވިއްކާ ހެދުން، ދަބަސް އަދި ފައިވާނުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބެ އެވެ. މިއީ މެންގޯގެ ފިހާރަތަކުން އެންމެ ބޮޑު ޑިސްކައުންޓެއް ދޭ ސޭލް އެވެ.
މި ސޭލްގައި މެންގޯ ފިހާރައިން ވިއްކާ ހީލްސް، ބޫޓު، ދަބަސް، ޕާޓީ ހެދުން، އަންހެނުންގެ އޮފިޝަލް އަދި ކެޝުއަލް ވެއާގެ ގިނަ ހެދުންތަކަކުން ޑިސްކައުންޓު ދެ އެވެ. އަދި ފިރިހެނުންގެ ސްވެޓަރު، ކޯޓު، ކެޝުއަލް އަދި އޮފިޝަލް ވެއާ އާއި ބޫޓާއި ކުޑަކުދިންގެ ބޫޓާއި ޕިޖަމާސް އަދި ރީތި އެކި ހެދުންތަކުން ޑިސްކައުންޓު ލިބެ އެވެ.
ކުޑަކުދިންނަށް ހާއްސަ ސްޓައިލިޝް ގިނަ ހެދުންތައް މި ތަނުގައި ހުރޭ. -- ފޮޓޯ: މެންގޯ
އެ ފިހާރައިން ބުނި ގޮތުގައި މި ސޭލް އަކީ މެންގޯގެ ބްރޭންޑެޑް، ކޮލެޓީ އަދި ސްޓައިލިޝް ރީތި، ތަފާތު ހެދުމާއި އެކި އެސަސަރީޒްތައް ހެޔޮ އަގުގައި ގަތުމަށް ކަސްޓަމަރުންނަށް ދޭ ފުރުސަތެކެވެ. މި ސޭލްގައި، އެ ފިހާރައިން ވިއްކާ ގިނަ ޕްރޮޑަކްޓުތަކެއް ހިމަނާފައިވާ ކަމަށް ބުންޏެވެ.
މެންގޯގެ ފިރިހެނުންނާއި ކުޑަކުދިންނަށް ހާއްސަ ފިހާރަ. -- ފޮޓޯ: މެންގޯ
މެންގޯގެ އަންހެނުންނަށް ހާއްސަ ފިހާރަ އާއި ފިރިހެނުންނާއި ކުޑަކުދިންނަށް ހާއްސަ ފިހާރައިގައި ވެސް މި ސޭލް އަންނަ އަންގާރަދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
މެންގޯގެ ދެ ފިހާރަ ވެސް ހުންނާނީ މަޖީދީ މަގު، މާފަންނު ޕާކު ކައިރީގަ އެވެ. އެ ދެ ފިހާރަ ވެސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 10-12އަށް އަދި މެންދުރު ފަހު 2-6އަށް ހުޅުވާފައި ހުންނާނެ އެވެ. ރޭގަނޑު އެ ފިހާރަ ހުޅުވާނީ 8-1 އަށެވެ. ހުކުރުދުވަހު ފިހާރަ ހުޅުވަނީ ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10 އަށެވެ.
އަނބު މޫސުން މިފަހަރު ބޮޑު މަޖާގަނޑަކަށް!
ވަގަށް އަނބު ބިންނަ މީހާ އަނެއްކާވެސް ހައްޔަރުކޮށްފި
ކަނބާއައިސަރަނިހިނގުމުގައި ވެސް އިންދީ އަނބުގަހެއް!
''މެންގޯ''ގެ އާ ފިހާރައެއް މިރޭ ހުޅުވައިފި
"މެންގޯ ސްޓިކީ ރައިސް" މާ ބޮޑަށް މަޝްހޫރުވެއްޖެ
މާލޭގައި 100،000 ގަސް؛ ފުރަތަމަ އަނބުގަހެއް
ޝައިޚް ހަސީނާގެ ހަދިޔާ، ރައީސަށް 500 ކިލޯގެ އަނބު
ފަގީރު ކުއްޖެއްގެއަތުން 120،000 އަށް 12 އަނބު
ޕާކިސްތާނުގައި "ޝުގަ ފްރީ" އަނބު ހައްދައި ވިއްކަނީ
އެންމެ ބޮޑު އަނބުގައި 4.25 ކިލޯ