Roadha Mihaaru
ހުތުރު ވައްތަރު ޖެއްސި މީހާ ހައްޔަރުކޮށްފި

ޕިކަޕެއްގެ ތެރޭގައި ހުތުރު ވައްތަރު ޖެއްސި މީހާ ހައްޔަރުކޮށްފި

22 ފެބުރުއަރީ 2024

މާލޭގައި ޕިކަޕެއްގެ ތެރޭގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ހުތުރު ވައްތަރުތަކެއް ޖެއްސި މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ޕިކަޕެއްގެ ތެރޭގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ހުތުރު ވައްތަރުތަކެއް ޖެއްސި މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ދެންމެ ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޕިކަޕެއްގެ ތެރޭގައި ހުރެ، އާއްމުންނަށް ފެންނާނެ ގޮތަށް ހުތުރު ވައްތަރުތަކެއް ޖެއްސި މީހާ ދެނެގަތުމުގެ މަސައްކަތް ފަށައި، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އެ މީހާ ދެނެގަތުމަށް އާންމުންގެ އެހީ އަށް ވެސް ފުލުހުން އެދުނެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ވީޑިއޯ އިން ފެންނަނީ ދުވާލުގެ ވަގުތެއްގައި ފިރިހެނަކު، ހަޑިހުތުރު ވައްތަރުތަކެއް ޖައްސާ ތަނެވެ. އަދި އެ ވައްތަރުތައް ޖައްސަމުން އޭނާ ލައިގެން ފަޓުލޫނު ވެސް ބާލަ އެވެ.

އެ ޕިކަޕްގެ ތެރޭގައި އިތުރު ފިރިހެނަކު ހުރި ނަމަވެސް، އެކަން ހުއްޓުވަން އޭނާ އެއްވެސް ކަމެއް ކުރާ ތަނެއް ވީޑިއޯއަކުން ނުފެނެ އެވެ.

އެ ވީޑިއޯއިން ވެސް ޕިކަޕްގެ ނަމްބަރު ސާފުކޮށް ފެނެ އެވެ.