11 ފެބުރުއަރީ 2024
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ފްލެޓު ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރު ކޮށްފައިވާ ފްލެޓު ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4000 މީހުންގެ ތެރެއިން 1411 މީހަކު ޝަރުތު ހަމަ ނުވާ ކަމަށް ބުނާ ލިސްޓެއް މިއަދު "އެކްސް" ގައި ދައުރުވި އެވެ. އެ ލިސްޓުގެ މަތީގައި އޭސީސީގެ ލޯގޯ އިނެވެ.
ނަމަވެސް އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި ތަހުގީގުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ލިސްޓެއްގެ މައުލޫމާތު މިހާތަނަށް ހިއްސާ ކޮށްފައި ވާނީ ހައުސިން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
އަދި މީޑިއާތަކަށް ދިން މައުލޫމާތުގެ އިތުރުން އެއްވެސް ލިޔެކިޔުމެއް އެއްވެސް ފަރާތަކަށް ހިއްސާ ކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"...ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް މީސްމީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ ކަމަކަށްވާތީ، އެކަމާ މެދު މި ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ވާހަކަ ދަންނަވަން،" އޭސީސީން ނެރުނު ބަޔާނުގައި ބުންޏެވެ.
ފްލެޓު މައްސަލާގައި އޭސީސީން މިހާތަނަށް ހާމަ ކޮށްފައި ވަނީ އެ ކޮމިޝަނުން ތަހުގީގު ކުރި 4000 ފޯމްގެ ސާމްޕަލް އިން 60 ޕަސެންޓު ފޯމް ޝަރުތު ހަމަ ނުވާ ކަމެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ނަމަވެސް ފްލެޓު މައްސަލާގައި އޭސީސީން ކުރަމުން އަންނަ ތަހުގީގާ މެދު ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހި އެ މައްސަލަ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.
ބިންވެރިޔާގެ ތަހުގީގު ހުއްޓުވިކަމުގެ ތުހުމަތު ސަލާމަށް!
ނާއިފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ
ލިސްޓު އޮތް ގޮތަށް ފްލެޓު ދޫކުރުމުގެ ވިސްނުމެއް ނެތް
ދައުރުވަމުން ދާ ފްލެޓް ލިސްޓު ސައްހައެއް ނޫން: އޭސީސީ
ޕޯޓަލް މިނިސްޓްރީއަށް ދީފި،އެކަމަކު އަދިވެސް ނުވަދެވޭ!
ފްލެޓް ލިސްޓް ރިވިއު ކުރާނީ އިތުބާރު ކުރެވޭ ބޭފުޅުން
ތަހުގީގަށް އެންމެންގެ ފޯމު ބަލަންޖެހޭނެ: އަކްރަމް
އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީއަށް ދެނީ
ފްލެޓް ލިސްޓުގެ ހުރިހާ މައުލޫމާތެއް ދޭން އަންގަނީ
މައްސަލަ ނެތް ފްލެޓްތަކުގެ ލިސްޓެއް މިނިސްޓްރީއަށް