29 ޖެނުއަރީ 2024
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ އެޕާޓްމެންޓާއި މުދާތައް ފުލުހުން އަތުލީ ކާކުގެ އެއްޗެއްތޯ ބެލުމެއް ނެތި ކަމަށާއި އަދި ދަރިފުޅުގެ ބުއްފުޅިއަށް ދާންދެން އަތުލާފައިވާ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކި މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ގެ އެޕާޓްމެންޓާއި މުދާތައް ފުލުހުން އަތުލީ ކާކުގެ އެއްޗެއްތޯ ބެލުމެއް ނެތި ކަމަށާއި އަދި ދަރިފުޅުގެ ބުއްފުޅިއަށް ދާންދެން އަތުލާފައިވާ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭ ޕާކްގެ ފްލެޓްތައް ތަރައްގީކުރާ ހަންބޯ ކުންފުންޏަށް ނޭނގި ގިނަ ބަޔަކަށް ފްލެޓް ވިއްކި ކަމުގެ ތުހުމަތުގައި، މަންޑޭ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓާއި އެތަނުގައި ހުރި އަގުބޮޑު ތަކެތި ވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ނޮވެމްބަރު މަހު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
އެ މައްސަލަ މަންޑޭގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.
ހައި ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި މަންޑޭގެ ވަކީލް ވިދާޅުވީ ފުލުހުން އެތަނަށް ވަދެ ތަކެތި އަތުލިއިރު އެއީ ކާކުގެ އެއްޗެއްތޯ ވެސް ބަލާފައިނުވާ ކަމަށެވެ. އަދި އެތަނުގައި މަންޑޭގެ އާއިލާގެ އިތުރުން އެހެން ބަޔަކު އުޅެމުން ދިޔަ ކަމަށާއި އެ މީހުން ގެންގުޅުނު ތަކެތި ވެސް ފުލުހުން ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދަރިފުޅުގެ ބުއްފުޅި އާއި ނިދާ ތަންމަތި ވެސް ފުލުހުން ގެންދިޔަ ކަމަށާއި އަދި ފުލުހުން އަމަލުކުރީ އިހާނެތިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތަރު މަހުގެ ތުއްތު ކުއްޖެއްގެ ބުއްފުޅިއަށް ދާންދެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ. އެ ކުއްޖާގެ ނިދާ ތަންމައްޗާއި މިހެން ގޮސް ވަރަށް ބައިވަރު އެއްޗެހި ވަރަށް އިހާނެތިކޮށް އެރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަދެ ހުރިހާ އެއްޗެއް ގެންގޮސްފައިވަނީ." އޭނާގެ ވަކީލް އަލީ ޝާހު ވިދާޅުވި އެވެ.
މަންޑޭގެ ވަކީލް ވިދާޅުވީ ފުލުހުން އަމަލުކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި ދަންވަރު އެތަނަށް ވަދެ، މަންޑޭގެ ދަރިފުޅު ނިދާ ތަންމަތި ވެސް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ގޭގައި އުޅޭ އެހެން މީހުންގެ ހެދުން ވެސް އަތުލާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި މަންޑޭގެ ތަކެތި ކަމަށް ބުނެ ފުލުހުން އަތުލާފައިވާ ތަކެތީގެ ތެރޭގައި ހުސްވެފައި ހުރި ސެންޓުފުޅި ވެސް ހިމެނެ އެވެ. އަދި އެ ތަކެތި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އާންމުންނަށް ދައްކާފައިވާ ކަމަށާއި އެއީ ދައުލަތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ.
މަންޑޭ
ދައުލަތުން ބުނީ އެ މައްސަލައަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ މައްސަލައެއް ނޫން ކަމަށެވެ. އަދި ދަށު ކޯޓުގެ އަމުރު ގާނޫނާ ހިލާފްވި ގޮތެއް މަންޑޭގެ ފަރާތުން ބުނެ ނުދެވޭ ކަމަށާއި އަދި އެފަދަ އަމުރެއް ނުނެރެވޭނެ ސަބަބެއް ވެސް ބުނެ ނުދެވޭ ކަމަށް ދައުލަތުން ބުންޏެވެ.
އެހެންވެ، ދަށު ކޯޓުގެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ދަށު ކޯޓުގެ އަމުރުގައި ހިމެނެނީ މަންޑޭގެ އެޕާޓްމެންޓް ހިފެހެއްޓުމަށް ކަމަށާއި އެހެންވެ، އެތަނުގައި ހުރި މުދާ ހިފެހެއްޓޭނެތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި އަމުރަށް އެދުނުއިރު ވެސް އޮތީ އެޕާޓްމެންޓް ހިފެހެއްޓުމަށް ކަމަށް ބެންޗުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ އެޕާޓްމެންޓްގައި ހުރި މުދާތައް ހިފެހެއްޓީ އެހެން އަމުރެއްގެ ދަށުން ކަމަށެވެ.
އެހެންވެ، ކުރީގެ އަމުރެއްގެ ދަށުން އެ ތަކެތި ނުގެންދިޔައީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ފުރަތަމަ އަމުރުގެ ދަށުން އެތަނަށް ވަތްއިރު ގިނަ އަދަދެއްގެ މުދާ ހުރުމުން އެ މުދަލުގައި ނަމްބަރެއް ޖެހުމަށްފަހު އެ ތަކެތި އެތަނުން ނުގެންދަން އަންގާފައިވާ ކަމަށެވެ. އަދި ފަހުން އެ މުދާތައް އަތުލަމުން ގެންދިޔައީ އެކިފަހަރު މަތިން އަދި ތަފާތު ހަތަރު ދުވަހެއްގައި ކަމަށް ދައުލަތުން ބުންޏެވ. އަދި އެޕާޓްމެންޓް ހިފެހެއްޓުމުގެ އަމުރު ނެރުނީ ފަހުން ކަމަށާއި އޭރު ވެސް ތަކެތި ހިފެހެއްޓުމުގެ މަސައްކަތް ދިޔައީ ކުރަމުން ކަމަށް ދައުލަތުން ބުންޏެވެ.
އެތަނުގައި އުޅޭ ތިން ވަނަ ފަރާތްތަކުގެ ހައްގު ހިމާޔަތް ކުރަން މަސައްކަތް ކުރިތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ ފުލުހުން މަސައްކަތްކުރީ ތިން ވަނަ ފަރާތްތަކުގެ ހައްގު ނުގެއްލޭ ގޮތަށް ހެޔޮ ނިޔަތުގައި ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން އިއްޔެ ވަނީ ނިންމާލައިފަ އެވެ.
އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މާނިއު އެވެ.
ކޭ ޕާކް މައްސަލާގައި މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި އޮތީ އުފުލައިފަ އެވެ.
މަންޑޭގެ މުދާތައް ހިފެހެއްޓި މައްސަލަ ހައިކޯޓުން ބަލަނީ
މަންޑޭގެ މުދާ ހިފަހައްޓަން ނެރުނު އަމުރު ބާތިލެއްނުކުރި
ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް
މަންޑޭގެ މައްޗަށް 100 ދައުވާ، ރާއްޖޭގެ ރެކޯޑެއް
މަންޑޭގެ އަގުބޮޑު ދިރިއުޅުން ފޮޓޯތަކުން
ސްކޭމް ފައިސާ އިން މަންޑޭ އުދުހުނު ގޮތް ކިޔައިދީފި
މަންޑޭގެ އެޕާޓްމެންޓްގައި 200 އަށް ވުރެ ގިނަ ސެންޓު
މަންޑޭގެ ގެ އޮތީ އަގު ބޮޑު މުދަލުން ޖަރީކޮށްފައި!
ޑްރަގް މައްސަލާގައި ދެމަފިރިންނާ ދެކޮޅު ހެކި ރަނގަޅު
ބަންދު އަމުރު މައްސަލަ ކުރިން ހުޅުމާލޭ ކޯޓަށް ނުބެލޭނެ