27 ޖެނުއަރީ 2024
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަން ހިމެނޭ ގޮތަށް އެ ކުންފުނީގެ ފަސް ނޮން އެގްޒެކެޓިވް ޑައިރެކްޓަރަކު ކުއްލި ގޮތަކަށް ވަކި ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ނިންމެވި ނިންމެވުން ބަދަލުކުރައްވައި، އޭގެ ތެރެއިން ބައެއް ބޭފުޅުން އަލުން ބޯޑަށް އައްޔަން ކުރައްވައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަން ހިމެނޭ ގޮތަށް އެ ކުންފުނީގެ ފަސް ނޮން އެގްޒެކެޓިވް ޑައިރެކްޓަރަކު ކުއްލި ގޮތަކަށް ވަކި ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ނިންމެވި ނިންމެވުން ބަދަލުކުރައްވައި، އޭގެ ތެރެއިން ބައެއް ބޭފުޅުން އަލުން ބޯޑަށް އައްޔަން ކުރައްވައިފި އެވެ.
ޑިރެކްޓަރުގެ ބޯޑުން ވަކިކޮށްފައިވަނީ ޗެއާމަން ޔޫޝާއު ސައީދާއި ބޯޑު މެމްބަރުން ކަމަށްވާ ޖުވޭރިޔާ ސައީދާއި އަބްދުﷲ ހަސަނާއި އައިޝަތު ސަޖުނީ އާއި އަބްދުﷲ ހުޝާމު ޝަރީފެވެ.
އެ ގޮތަށް ބޯޑު މެމްބަރުން ވަކި ކުރެވޭނެ ކަމާ މެދު ސުވާލު އުފެދިފައިވަނިކޮށް، ވަކި ކުރި ބޯޑު މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު އަލުން ބޯޑަށް އައްޔަނުކޮށްފައިވާ ކަން އެނގިފައިވެ އެވެ. އެނގިފައިވާ ގޮތުގައި ބީއެމްއެލްގެ ބޯޑަށް މިއަދު އަލުން އައްޔަނުކޮށްފައިވަނީ އަބްދުﷲ ހަސަން އާއި އައިޝަތު ސަޖުނީ އެވެ.
އަދި ދެން ތިބި ޑިރެކްޓަރުން ވެސް އަލުން ބޯޑަށް އައްޔަނުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން ވަނީ އެނގިފަ އެވެ.
ބޯޑުން ވަކިކުރި ދެ ޑައިރެކްޓަރުން އަލުން ބޯޑަށް އައްޔަނުކުރުމުން، ބީއެމްއެލްގެ ބޯޑުގައި މި ވަގުތު ތިއްބަވާނީ ހަތް މެންބަރުންނެވެ.
ބީއެމްއެލްގެ ހިންގާ ގަވާއިދު ބުނާ ގޮތުގައި ބޯޑު މެންބަރުކަމުން ޑިރެކްޓަރުން ވަކިކުރުމާއި އައްޔަން ކުރަން ޖެހޭނީ އަހަރީ އާންމު ޖަލްސާއެއް ނުވަތަ ހާއްސަ ޖަލްސާއަކުންނެވެ. އެ ގަވާއިދުގެ ދަށުން ބޭންކުގެ ހިއްސާދާރުންގެ މަދުވެގެން 10 ޕަސަންޓު އެދިގެން ހާއްސަ ޖަލްސާއެއް ނޫނީ އީޖީއެމް އެއް ބޭއްވޭނެ އެވެ.
ކުންފުނީގެ ބޯޑުގެ މެޖޯރިޓީ މެންބަރުން ވަކިކޮށްފައި މިވަނީ ބޭރުގައި ކިޔަވާ ކުދިންނަށް ބީއެމްއެލް ކާޑު ބޭނުން ކުރެވޭ ލިމިޓު 750 ޑޮލަރުން 1،200 ޑޮލަރަށް ބޮޑު ކުރުމުގެ މަސައްކަތް ބޭންކާ ގުޅިގެން ސަރުކާރުން ކުރަމުން ދަނިކޮށެވެ. ސަރުކާރުން ބޭނުންވި ނަމަވެސް ބީއެމްއެލްގެ އެފަދަ ނިންމުންތައް ނިންމުމުގެ ބާރު އޮންނަނީ ބޯޑަށެވެ.
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ވާގިވެރިވާނެ:ސަރުކާރު
ދަރިވަރުންގެ ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކޮށްފި
ބީއެމްއެލްގެ އިތުބާރު ގެއްލޭކަމެއް ކޮށްގެންނުވާނެ: އިބޫ
ބީއެމްއެލް އިން އިއްޔެ ކުރީ މާލީ ބަޣާވާތެއް: ޝިޔާމް
އިއްޔެ ކުރަން އުޅުނީ ސީދާ ބަޣާވާތެއް: ރައީސް
ބޭރުން ފައިސާ ގެނެވޭ ގޮތަށް އީވޮލެޓު ފަށައިފި
"ކާޑު ލިމިޓު ބޮޑުކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން"
ކިޔަވާކުދިންގެ ކާޑު ލިމިޓު 1200 ޑޮލަރަށް ބޮޑުކޮށްފި
އެމްއެންޔޫ މެރެތަންގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް