Roadha Mihaaru
ގެލެކްސީ އެސް24 ފޯނުތަކަށް ޕްރީ އޯޑާކުރަން ހުޅުވާލަނީ

ގެލެކްސީ އެސް24 ފޯނުތަކަށް ޕްރީ އޯޑާކުރަން އުރީދޫން މިރޭ ހުޅުވާލަނީ

18 ޖެނުއަރީ 2024

ސެމްސަންގްގެ އާ ފޯނު ސީރީޒް އެސް24ގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު މިރޭ 12:00 ޖަހާއިރު ހުޅުވާލާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސެމްސަންގްގެ އާ ފޯނު ސީރީޒް އެސް24ގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު މިރޭ 12:00 ޖަހާއިރު ހުޅުވާލާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫން ބުނިގޮތުގައި ޕްރީ އޯޑާ ކުރެވޭނީ ކުންފުނީގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށެވެ. މި ޕްލެޓްފޯމުން ގެލެކްސީ އެސް24 ސީރީޒްގައި ހިމެނޭ ގެލެކްސީ S24، ސެމްސަންގް ގެލެކްސީ S24 ޕްލަސް އަދި ސެމްސަންގް ގެލެކްސީ S24 އަލްޓްރާއަށް ޕްރީ އޯޑަރު ކުރެވޭނެ އެވެ.

މި ސީރީޒްގެ ފޯނުތަކަށް އޯޑަރު ކުރުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އުރީދޫން ބުނިގޮތުގައި މޫލީ މެދުވެރިކޮށް ފޯނަށް ޕްރީ އޯޑަރުކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއަކާއި 100ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެ އެވެ. އަދި އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ ދެ މަހުގެ ޕްރީމިއަމް އޮފާއެއް ވެސް ލިބޭނެ އެވެ.

މޫލީ މެދުވެރިކޮށް ފޯނަށް ޕްރީ އޯޑަރު ކުރާ ފުރަތަމަ 4 ކަސްޓަމަރުންނަށް 1000ރ. ގެ މޫލީ ވައުޗަރެއް ވެސް ލިބޭނެ އެވެ.

އުރީދޫން ބުނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.