12 ޖެނުއަރީ 2024
ވިއެޓްނާމްގައި ކުރިއަށް ދިޔަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ، އޭޝިއާގެ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕް ރީޖަނަލް ކޮލިފައިން މުބާރާތުގެ ފުރަތަމަ ހަފްތާގެ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދައިފި އެވެ.
ވިއެޓްނާމްގައި ކުރިއަށް ދިޔަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ، އޭޝިއާގެ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕް ރީޖަނަލް ކޮލިފައިން މުބާރާތުގެ ފުރަތަމަ ހަފްތާގެ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދައިފި އެވެ.
ދެކުނު އޭޝިއާ އާއި އިރުދެކުނު އޭޝިއާގެ އިތުރުން އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވި މި މުބާރާތުގެ ފައިނަލްގައި މިއަދު ހެނދުނު ނަބާ ވަނީ ސްރީ ލަންކާގެ އަންނަޔާ ޖައޯނީ ނޯބަޓްއާ ވާދަކޮށް ސީދާ ދެ ސެޓުން ކުރި ހޯދައިފަ އެވެ.
ނަބާ އަކީ މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވުނު ކުޅުންތެރިޔާ އެވެ. ތިންވަނައަށް ސީޑް ކުރެވުނު އަންނަޔާއާ ވާދަކޮށް ފައިނަލް މެޗުގެ ސެޓްތައް ނަބާ ގެންދިޔައީ 6-1، 6-0 އިންނެވެ.
ރާއްޖޭގެ ނަބާ އައިޓީއެފް މުބާރާތުގެ ފައިނަލަށް https://t.co/TqBTrUoqTt
— Mihaaru (@Mihaarunews) January 11, 2024
މުބާރާތުގެ ސިންގަލްސް ބައިގައި ވާދަކުރި ރާއްޖޭގެ މަންހާ މުހައްމަދު އަލީ ވަނީ ވިއެޓްނާމްގެ ޑޮންގް ނީ އެންގޫޔެން އެންގޮކް އަތުން ބަލިވެފަ އެވެ.
ފިރިހެން ސިންގަލްސްގައި ވާދަކުރީ އާދަމް އާލް ނިޔާޒް އާއި މިކާ މުހައްމަދު ކަލީމް އެވެ. ސްރީލަންކާގެ ރިޝިތު ސޮމަރަތުނާ އަތުން، މުބާރާތުގެ ތިންވަނައަށް ސީޑް ކުރެވުނު އާލް ބަލިވިއިރު، މިކާ ބަލިވީ މުބާރާތުގައި ހަތަރު ވަނައަށް ސީޑް ކުރެވުނު ވިއެޓްނާމްގެ ޓުއާން ޕޮންގް ވޫ އަތުންނެވެ.
މިކާ އާއި އާލް ވަނީ ފިރިހެން ޑަބަލްސް އިވެންޓްގައި ވާދަ ކޮށްފަ އެވެ. މޮންގޯލިއާގެ އާނަންދު ބަޓްގެރޭލް އާއި ޒޮލްބަޔާ ގަންބޯލްޑްގެ ޕެއާއާ ވާދަކޮށް ސީދާ ދެ ސެޓުން ކުރި ހޯދައިގެން ރާއްޖޭގެ ޕެއާ ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް ސެމީގައި ވަނީ ސްރީލަންކާގެ އަޝްލީން ޑި ސިލްވާ އާއި ރިޝިތު ސޮމަރަތުނާގެ ޕެއާ އަތުން ބަލިވެފަ އެވެ.
އަންހެން ޑަބަލްސްގައި ނަބާ އާއި މަންހާގެ ޕެއާ ވަނީ، ލަންކާގެ އަންނަޔާ އާއި ވިއެޓްނާމްގެ ބިން އެންހިއެން ޓޯ އަތުން ބަލިވެފަ އެވެ.
ދެވަނަ ހަފްތާގެ މުބާރާތް އާދިއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތުގައި ވެސް ރާއްޖޭހެ ހަތަރު ކުޅުންތެރިން ވާދަ ކުރާނެ އެވެ.
އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ، އޭޝިއާގެ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ފައިނަލް މުބާރާތަށް ކުޅުންތެރިން ކޮލިފައި ވާނީ ރީޖަނަލް ކޮލިފައިންގެ ދެ މުބާރާތުން ކުޅުންތެރިން ހޯދާ ޕޮއިންޓްތަކުން ގައުމުތައް ރޭންކް ކޮށްގެންނެވެ.
ޓެނިސް އެކަންޏެއް ނޫން، ކިޔެވުމުންވެސް ނަބާ ވިދާލައިފި
ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއި އާއި ނަބާ އަށް
އައިޓީއެފްގައި އަލަށް، ޒުވާން ޓެނިސް ޓީމަށް އުންމީދު
ނަބާ އާއި މަންހާ ތަފާތު ދައްކައި ރާއްޖެ ފައިނަލްސްއަށް
ލިބުނު ހިތްވަރާއެކު ނަބާ މެލޭޝިއާގެ އެއްވަނަ ބަލިކޮށްފި
ގައުމީ މުބާރާތުގައި މި ފަހަރު ވެސް ނަބާ ވިދާލައިފި
ނަޑާލް ރިޓަޔާކޮށްފި؛ އާއިލާގެ އުއްމީދު ހާސިލުކޮށްދެވުނު
ޔޫއެސް އޯޕަން އިޓަލީގެ ސިނާ ކާމިޔާބުކޮށްފި
އޮލިމްޕިކްސް އިން މެޑަލް ހޯދި އިޓަލީ ތަރީގެ ކަރުގައި ދިވެހި ފަށުފުލެއް
އޮލިމްޕިކްސްއާ ކުރިމަތިލާއިރު ނަޑާލްގެ ފޯމު ދަށްވެފައި