މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމަށް، މާލެއަށް ލަފާ ފުރާ އޮޑިދޯނި ފަހަރު ފާސްކޮށް 24 ގަޑިއިރު ޕެޓްރޯލް ކުރަން ފުލުހުން ނިންމައިފި އެވެ.
04 ޖެނުއަރީ 2024
މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމަށް، މާލެއަށް ލަފާ ފުރާ އޮޑިދޯނި ފަހަރު ފާސްކޮށް 24 ގަޑިއިރު ޕެޓްރޯލް ކުރަން ފުލުހުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު، ސެންޓްރަލް ޕޮލިސިން ކޮމާންޑާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއާ ފުލުހުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ބައްދަލުވުމުގައި މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
ސެންޓްރަލް ސެންޓްރަލް ޕޮލިސިންގް ކޮމާންޑް އާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއާ ފުލުހުންނާއެކު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ބޭއްވެވި ބައްދަލުވުން.-- ފޮޓޯ: ޕޮލިސް
- ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ ސައުވީސް ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުން.
- އަތޮޅު ތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެއްޗަށް ހެދުން.
ފުލުހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ވަނީ މާލޭގެ ޓްރެފިކް ރަނގަޅުކުރަން ވެސް މަޝްވަރާކޮށްފަ އެވެ.
މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި އިތުރު ފުލުހުން މަގުތަކަށް ނެރެން ވެސް ވަނީ ނިންމައިފަ އެވެ. އަދި ސްކޫލުތަކާއި ހޮސްޕިޓަލް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ވެސް އެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.
މާލެ ސަރަހައްދުގައި ވެހިކަލް ގިނަވެ، ޓްރެފިކް ތޮއްޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެކަމަށް ހައްލުތަކެއް ހޯދަން ޖެހޭތީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ އެކު ޓެކްޓިކަލް ޕްލޭނެއް ހަދަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވެފައިވެ އެވެ.
64 މިލިއަން ދައުރުކުރި ގޮތް ބަލައި ޕީޖީއަށް ފޮނުވަނީ
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
"ފުލުހުންގެ މަސައްކަތުގެ ނަތީޖާ ނުފެންނަނީ ނިޒާމާހެދި"
ޝުޖާއު ވަކި ނުކުރަން ނިންމި ސަބަބު ސާފުކުރާނަން: ސީޕީ
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަކިކުރަނީ
ބަނގުރާ ވިއްކަމުން ދިޔަ ބަޔަކު ޑީޕޯޓްކޮށްލަނީ
ޑްރަގު ޓްރެފިކްކުރާ މައްސަލައެއްގައި ޒުވާނަކު ހައްޔަރަށް
ބަނގުރާ ފުޅިތަކަކާ އެކު 57 އަހަރުގެ މީހަކު ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް