Roadha Mihaaru
ބޯކޮށް ވާރޭވެހި މާލެ އާއި ހުޅުލެ ފެނުއަޑީގައި

ބޯކޮށް ވާރޭވެހި މާލެ އާއި ހުޅުލެ ފެނުއަޑީގައި

31 ޑިސެމްބަރ 2023

ރެއިން ފެށިގެން މާލެ ސަރަހައްދަށް ކުރަމުންދާ ގަދަ ވިއްސާރައިގައި މާލެ އާއި ހުޅުމާލޭގެ ވަރަށް ގިނަ މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރެއިން ފެށިގެން މާލެ ސަރަހައްދަށް ކުރަމުންދާ ގަދަ ވިއްސާރައިގައި މާލެ އާއި ހުޅުމާލޭގެ ވަރަށް ގިނަ މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

ރާއްޖެ އަށް އިރުވައި މޫސުން ފެށުނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އޭގެ ފަހުން މުޅި ރާއްޖެ އަށް ކަހަލަ ގޮތަށް މޫސުން ވަރަށް ބޮޑަށް ގޯހެވެ.

މާލެ އަށް މިއަދު ވެސް ބޯކޮށް ވާރޭވެހެމުން ދާއިރު، ގާތްގަނޑަކަށް ހުރިހާ މަގުތަކެއްގައި އާދަޔާ ހިލާފަށް ފެންބޮޑުވެ، ހިނގައިބިނގާވެ އުޅުމާއި ދަތުރުފަތުރުކުރުމަށް ވަނީ ދަތިވެފަ އެވެ. އަދި ހުޅުލެ އެއާޕޯޓުގެ ބޭރު މަގުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

މާލޭގައި ފެންބޮޑުވެފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލޭގައި ފެންބޮޑުވެފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެންޑީއެމްއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސިޓީ ޕާކު ކައިރީ ހުރި ބައެއް ގެ ތަކަށް ފެން ވަންނަމުންދާތީ ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އެމްއެންޑީއެފުން ބުނީ މާލޭގެ ހަ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލޭގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންނަ ހުކުރު ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މާދަމާ އިން ފެށިގެން އިރުވައި މޫސުމުގެ ވިއްސާރަ ދާނީ ރަނގަޅު ވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މެޓުން ވަނީ މިއަދު މެންދުރާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ލ. ކައްދު އަށެވެ.