26 ޑިސެމްބަރ 2023
ސީލައިފް ގްލޯބަލްގެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސީލައިފް ގްލޯބަލްގެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސީލައިފް ކުންފުނިން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ދާން ވަގުތީ ހުއްދައެއް މިދިޔަ މަހު ކްރިމިނަލް ކޯޓުން ދިނީ އޭނާގެ ބޭސްފަރުވާއަކަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އައްމަޓީ ފުރަން ހުއްްދަ ދިނުމުގައި އޭނާ ފަރުވާ ހޯދަންޖެހޭ ސިއްހީ މައްސަލައަށާއި އެކަމުގައި ވަށައިގެން ހުރި ކަންކަމާއި އަދި އައްމަޓީގެ ފަރާތުން ކޯޓަށް ކުރިން ދީފައިވާ އެއްބާރުލުމަށް ރިއާޔަތް ކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ ރާއްޖެއިން ފަރުވާ ހޯދިދާނެ ކަމަކަށް ވިޔަސް، އެއީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ ނިންމުމަކީ ފަނޑިޔާރުގެ އިހްތިޔާރީ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް ވާއިރު، އެފަދަ ކަންކަމުގެ ތެރެއަށް އިސްތިއުނާފް ކޯޓަށް ވަދެވޭނީ އިސްތިސްނާ ހާލަތްތަކުގަ އެވެ. ނަމަވެސް މި މައްސަލާގައި އެފަދަ އިސްތިސްނާ ހާލަތެއް އޮތްކަން ދައުލަތަށް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެގޮތަށް ނިންމެވީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުހައްމަދު ޝަނީޒްގެ އަގުލަބިއްޔަތުންނެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން މަޒީދުގެ ރައުޔަކީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރަން ޖެހޭ ކަމަށެވެ. އޭނާގެ ރައުޔުގައިވަނީ އައްމަޓީގެ ކިބައިގައި ހުރި ސިއްހީ މައްސަލައަކީ ރާއްޖެއިން ފަރުވާ ލިބެން އޮތް ކަމެއްތޯ އާއި އެއީ އަވަސް ފަރުވާ ލިބެންޖެހޭ ކަމެއްތޯ ދަށު ކޯޓުން ބަލާފައިނުވާ ކަމަށެވެ.
ފަނޑިޔާރު މަޒީދުގެ ރައުޔުގައިވާ ގޮތުން އައްމަޓީ ފުރުމުގެ ހުއްދަ ދިނީ އެކަށީގެންވާ ފިޔަވަޅު އެޅުމެއް ނެތި އެވެ. އަދި އެކަމުގެ ސަބަބުން ފާޅުކަން ބޮޑު ބޭ އިންސާފެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ފަނޑިޔާރު މަޒީދުގެ ރައުޔުގައިވެ އެވެ.
އައްމަޓީ ފުރުމުގެ ހުއްދަ ކޯޓުން ދިނަސް، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭނާއަށް ސްރީލަންކާއަށް ވަނުމުގެ ހުއްދަ ނުލިބުނު ކަމަށް އޭނާގެ ފަރާތުން ހައި ކޯޓުގައި ކުރިން ބުނެފައިވެ އެވެ. އެ މައްސަލަ ހައި ކޯޓުގައި އޮތުމުން އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން ވެސް ނެރުނެވެ.
އައްމަޓީ ފުރުން މަނާކުރަން ހައި ކޯޓުން ވަގުތީ އަމުރެއް
ކޯޓުން ހުއްދަ ދިނަސް، އައްމަޓީއަށް ލަންކާއަށް ނުދެވުނު
ހައި ކޯޓުން ވެސް މިފަހަރު އައްމަޓީ ބަންދެއް ނުކުރި
އެއްވެސް އިރަކު ފިލައިގެނެއް ނޫޅެން: އައްމަޓީ
އައްމަޓީ ދޫކޮށްލި މައްސަލަ އަލުން ބަލަން އަމުރުކޮށްފި
އައްމަޓީ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ
އައްމަޓީ ދޫކޮށްލި މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
އައްމަޓީި ބަންދުކުރަން އަނެއްކާވެސް އަމުރުކޮށްފި
ދައްތަ އާއި ކޮއްކޮ ޖާމިނުކޮށް އައްމަޓީ ދޫކޮށްލައިފި
އައްމަޓީ ދޫކޮށްލި މައްސަލާގެ ހުކުމް އާދިއްތަ ދުވަހު