24 ޑިސެމްބަރ 2023
އަންނަ މަހު 31 ގައި ބާއްވަން އިއުލާން ކޮށްފައިވާ، އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން އެ އެސޯސިއޭޝަނުން ނިންމި ނިންމުންތަކުގެ ތަފުސީލުތައް ފޮނުވަން ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް، މިއަދު އަންގަވައިފި އެވެ.
އަންނަ މަހު 31 ގައި ބާއްވަން އިއުލާން ކޮށްފައިވާ، އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން އެ އެސޯސިއޭޝަނުން ނިންމި ނިންމުންތަކުގެ ތަފުސީލުތައް ފޮނުވަން ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް، މިއަދު އަންގަވައިފި އެވެ.
ކުރިމަތިލުމުގެ މުއްދަތު އަންނަ ބުދަ ދުވަހުގައި، ހަމަވާ އިންތިހާބާ ގުޅޭ ގޮތުން ކަންކަން ސާފު ކުރުމަށް، ތޮލާލް ސޮއިކޮށް، މިއަދު އެފްއޭއެމް އަށް ފޮނުވި ސިޓީގައި ހުރި ކަމަށް ބުނާ ވާހަކަތަކުގެ މައުލޫމާތުތަކެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ.
އެ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރުމަށް، އޭނާ އަށް މެސެޖް ކުރުމުން، ތޮލާލް ވިދާޅުވީ އިންތިހާބުގެ މައުލޫމާތު މީޑީއާތަކުން ލިބިގެން އެކަން ސާފު ކުރުމަށް ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށެވެ. އެކަމަކު އެ ސިޓީގައި ހުރި ވާހަކަތަކާ ބެހޭ ގޮތުން އޭނާ ވާހަކައެއް ނުދެއްކެވި އެވެ.
އެ ސިޓީގެ އިބާރާތްތައް ކަމަށް ބުނެ މިހާރު އަށް ލިބިފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން، އެފްއޭއެމްގެ އިންތިހާބު 45 ދުވަހުގެ ތެރޭގައި ބާއްވަން ނިންމިކަން، ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އެ އެސޯސިއޭޝަނުން އަންގާފައެއް ނުވެ އެވެ. އެ ސިޓީގައި ބުނެފައި ވަނީ އިންތިހާބު ބާއްވަން ނިންމިކަން އެނގިފައި ވަނީ މީޑިއާއިންނާއި އަދި ބައެއް ކަލްބަތައް މެދުވެރިކޮށެވެ.
"ތިޔަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓިގެ އިންތިހާބު 2023 ޑިސެންބަރު 17 ވަނަ ދުވަހުންފެށިގެން 45 ދުވަސް ތެރޭ ބޭއްވުމަށް ތިޔަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ބުނެ ތިޔަ އެސޯސިއޭޝަނުގެ ނަންބަރު: FAM/IUL/2023/001 ގެ އިއުލާނުން އިއުލާން ކުރައްވާފައިވާ ކަމުގެ މަޢުލޫމާތު ނޫސްތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި ބައެއް ކުލަބުތަކުގެ ފަރާތުން ވަނީ ލިބިފަ އެވެ.،" ތޮލާލް ފޮނުއްވި ސިޓީގައި ވާ ކަމަށް ބުނެ "މިހާރު" އަށް ލިބިފައިވާ ލިޔުމުގައި ވެއެވެ.
އެ އިއުލާން ނަންބަރުގައި މިދިޔަ އާދިއްތަ ދުވަހު، އެފްއޭއެމުން، އެ އިދާރާގެ މީޑިއާ ގުރޫޕަށް ފޮނުވި އިއުލާނުގައި ބުނެފައި ވަނީ، އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ އިންތިހާބު 45 ދުވަހުގެ ތެރޭގައި ބޭއްވުމަށް، އެގްޒެކެޓިވް ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ތޮލާލް، ފޮނުއްވި ސިޓީގައި އޭނާ އެދިފައި ވަނީ، އެ އިއުލާނުގެ ސައްހަކަން ކަށަވަރުކޮށް ދިނުމަށެވެ. އަދި ފަސް ކަމެއްގެ ތަފުސީލު ދެ ދުވަހުގެ ތެރޭގައި ފޮނުވުމަށް ވެސް އޭނާގެ ސިޓީގައި އެދިފައި ވެއެވެ.
"އެހެންކަމުން މި އިއުލާނުގެ ސައްޙަކަން ކަށަވަރު ކޮށްދެއްވުމާ އެކު، އެއީ ސައްހަ ނިންމުމެއްނަމަ، ތިރީގައި ދަންނަވާފައިވާ މަޢުލޫމާތު ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ފޮނުއްވައި ދެއްވުން އެދެމެވެ.،" ތޮލާލް ފޮނުއްވި ސިޓީގައި އިބާރާތްކޮށްފައިވާ ކަމަށް ބުނެ "މިހާރު" އަށް ލިބިފައިވާ ލިޔުމުގައި ވެއެވެ.
އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލްގެ ދެވަނަ ދައުރު ހަމަވާން، ބާކީ ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތް އިރު ކުއްލިއަކަށް އިންތިހާބު އަވަސް ކުރަން ޖެހުނު ސަބަބު ސާފު ކުރުމަށް ވެސް އެ ސިޓީގައި އެދިފައިވާ ކަމަށް، "މިހާރު" އަށް ލިބިފައިވާ ލިޔުމުގައި ވެއެވެ.
ތަފުސީލު ހޯދުމަށް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ނައިބު ރައީސް ތޮލާލް އެދުނު، ފަސްކަމުގެ ތެރޭގައި ދެން ހިމެނެނީ، އިންތިހާބާ ގުޅޭ ނިންމުން ނިންމި، އެކްސްކޯގެ 20 ވަނަ ބައްދަލުވުމުގެ އެޖެންޑާ އާއި ޔައުމިއްޔާ އަދި ހާޒިރީ ފޮނުވައި ދިނުމަށެވެ. އަދި އެފްއޭއެމްގެ ދާއިމީ މެންބަރުންގެ ލިސްޓް ފޮނުވައި ދެއްވުމަށް ވެސް ތޮލާލް ފޮނުއްވި ސިޓީގައި ވެއެވެ.
1. އިންތިހާބާ ގުޅޭ ގޮތުން ނިންމަވާފައިވާ ނިންމެވުމުގެ ތަފްސީލު.
2. ހިންގާ ކޮމިޓިގެ މުދައްތުގައި ބާކީ އެތައް ދުވަހެއް އޮއްވާ ހިންގާ ކޮމިޓީގެ އަވަސް އިންތިހާބެއް ބޭއްވުމަށް ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ނިންމަން ޖެހުނު ސަބަބު.
3. އިންތިހާބު ބޭއްވުމަށް ނިންމެވި ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގެ އެޖެންޑާ އަދި ޔައުމިއްޔާ
4. ހިންގާ ކޮމިޓީގެގެ 20 ވަނަ ތަނާއި،ބައްދަލޔުވުމުގެ ހާޒިރީ
5- އެފްއޭއެމްގެ ދާއިމީ މެންބަރުންގެ ލިސްޓް އަންގައި ދިނުމަށް
އިންޒާރަކަށް ނުސިހުނު، އެފްއޭއެމް ފިތްކަނޑުވާލައިފި
އެފްއޭއެމްގެ އިންތިހާބު ނުބާއްވަަން ތޮލާލް އަންގައިފި
އިންތިހާބާގުޅޭ ތަފުސީލު އެފްއޭއެމުން ކޮމިޝަނަރަށް ނުދިން
"ކަރުދާސް ކްލަބްތައް"ނުކުމެ އިންތިހާބުތައް ހަރާބުކުރަނީ
އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފާ ސަރުކާރުން ހޯދަނީ
އެފްއޭއެމާ މެދު ފީފާ އިން ގޮތެއް ނިންމާނެ: ތޮލާލް
ކުޅުންތެރިން ނެގުމުގައި ތަފާތުކުރުމަކީ ވެސް ކޮރަޕްޝަނެއް
އިންޒާރަށް ނުސިހި ކުޅިވަރަށް އިސްލާހު ގެންނަން ޖެހޭ!
ބީޑަބްލިއުއެފްގެ ސިޓީއަކީ އިންޒާރެއް ނޫން: ތޮލާލް
ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ ހަވާލުކޮށްފި