20 ޑިސެމްބަރ 2023
މަޝްވަރާކުރުމެއް ނެތި މުސާރައަށް ބޮޑުކުރާ ބައި، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މަޝްވަރާކުރުމެއް ނެތި މުސާރައަށް ބޮޑުކުރާ ބައި، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
އެ މަނިކުފާނު، "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައިނުވާނެ ކަމަށެވެ. އަދި މުސާރަ ބޮޑުކުރަން ބޭނުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އެ ބޭފުޅުން ނިންމާފައިވާ ކަމަށެވެ.
ކުރިން ވެރިކަންކުރި ޕާޓީ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން، ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވެ އެވެ. އެ މީހުންގެ ކަންބޮޑުވުމަކީ ރާއްޖޭގެ އިގުތިސާދު ހީނަރުވެފައިވާ މި ދަނޑުވަޅުގައި މުސާރަތައް ބޮޑުކުރުމެވެ.
Raees, naib raees, vazeerunge musaara bodu kuran sarukaarun edhifa nuvaane. Adhi bodu kuraakah beynumevves noon. Evves mashwara eh kurumehnethi mi genai badhaluge sababun libey musaaraige kuri erun kudakudhinge hiyaa fadha ijthimaaee fund akah hadhiyaa kuran alhugandumen…
— Dr Mohamed Muizzu (@MMuizzu) December 20, 2023
ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ރައީސްގެ މުސާރަ 120،000ރ. އަށް ބޮޑުކުރާށެވެ. މީގެ ކުރިން އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވަމުން ގެންދެވީ 100،000ރ. އެވެ. ނައިބު ރައީސަކަށް 75،000ރ. ލިބިވަޑައިގެންނެވިޔަސް، މުސާރައަށް އަލަށް ގެނައި ބަދަލުތަކާއެކު މަހު މުސާރަ 93،000ރ. އަށް އަރާނެ އެވެ. މިނިސްޓަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައަކީ 66،000ރ. އެވެ. އެކަމަކު، އެ އަދަދު ބޮޑުކުރީ 72،000ރ. އަށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، ރައީސާއި ނައިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމީ ސަރުކާރާ މެދު ނަފްތަރު އުފައްދާށެވެ.
"ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރިންގެ މަޝްވަރާއެއް ވެސް ހޯއްދެވުމަކާ ނުލައި މިފަދަ ހައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ކޮމިޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން." ޝަހީބު ވިދާޅުވި އެވެ.
މުސާރަ ބޮޑުކުރަން ރައީސް ބޭނުންފުޅެއް ނޫން
ރައީސާއި ނައިބު މަޖިލީހަށް ހާޒިރު ކުރެވޭ ގޮތް ހަދަނީ
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ކޮމިޓީ ނުބޭއްވުނު
މަގާމުތަކަށް ކުރީ ސަރުކާރުން ފޮނުވި ނަންތައް ގެންގޮސްފި
ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި
"އަމީނަށް ހެދި ގޮތް" ހަދަން ބުނި މައްސަލަ މަޖިލީހަށް
"ފާސްކުރީ ރައްޔިތުންގެ އަތަށް ބާރުލިބޭ އިސްލާހުތަކެއް"
ޑްރަގްގެ ގާނޫނާއި ގޭންގް ކުށްތަކުގެ ބިލެއް މަޖިލީހަށް
އޭސީސީ/އީސީގެ ވެރިން ރައީސް ކަނޑައަޅާގޮތަށް ފާސްްކޮށްފި
ވަކިކުރަން ނިންމުމުން ސަލާމާއި ތޯހާ އިސްތިއުފާ ދެއްވައިފި