Roadha Mihaaru
ދަރިއަކު ވަޅިން ހަމަލާދިނުމުން މަންމަގެ ހާލު ސީރިއަސް

ދަރިއަކު ވަޅިން ހަމަލާ ދިނުމުން މަންމައެއްގެ ހާލު ސީރިއަސް

18 ޑިސެމްބަރ 2023

ހުޅުމާލޭގެ ފްލެޓެއްގައި މަންމައަކަށް ފިރިހެން ދަރިފުޅު ވަޅިން ހަމަލާދިނުމުން އެ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ފްލެޓެއްގައި މަންމައަކަށް ފިރިހެން ދަރިފުޅު ވަޅިން ހަމަލާދިނުމުން އެ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ 1 ގައި ހުންނަ ފްލެޓެއްގައި ފިރިހެނަކު، އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް މިރޭ 7:00 ޖަހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި 51 އަހަރުގެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ ހޮސްޕިޓަލާ ހަވާލައިދީ، ފުލުހުން ބުނީ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށެވެ.

ހަމަލާދީފައިވަނީ އާއިލީ މައްސަލައެއްގައި، ދަރިފުޅު އޭނާގެ މަންމައަށް ކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.