20 ޑިސެމްބަރ 2023
ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރި ކަން ހާމަވެއްޖެ އެވެ.
ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރި ކަން ހާމަވެއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން 2020 ވަނަ އަހަރު "ނެޓް ކްލެއިމްސް" ނުވަތަ އޯވަޑްރޯ ކުރި އަދަދުގެ ގޮތުގައި އޮތީ، 6.1 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް މި އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް އެ އަދަދު ވަނީ 14.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ސަރުކާރުން ވަނީ 2020 އިން ފެށިގެން، ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕު ކުރެވޭނެ ލިމިޓެއް ކަނޑައަޅައިފަ އެވެ. އެ ލިމިޓަށް މި އަހަރުގެ ނިޔަލަށް ފައިސާ ނެގޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އެމްއެމްއޭއިން ރަސްމީކޮށް އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ވަނީ 1.7 ބިލިއަން ރުފިޔާ ވަނީ ޗާޕުކޮށްފަ އެވެ. އެ އަދަދު އެގޮތަށް ދައްކަނީ އޭގެ ކުރިން ޗާޕުކުރި 6.5 ބިލިއަން ރުފިޔާ ބޮންޑަކަށް ބަދަލުކޮށްފައި އޮތުމުންނެވެ. މިއަހަރު ކުރީ ކޮޅު އެކަނި ސަރުކާރުން ވަނީ 4.2 ބިލިއަން ޗާޕުކޮށް، އެ ބޮންޑަކަށް ބަދަލުކޮށްފަ އެވެ.
ފައިސާ އިތުރަށް ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުން އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު އިތުރުވެ ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ އެވެ.
ފައިސާ މާރުކުރާ ތަންތަނުގައި ބިދޭސީންނަށް ނުތިބެވޭނެ
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
ލައިސަންސް އޮތަސް، ހިންގަނީ ކަޅު ބާޒާރު!
ބިރު ކަނޑާލައިފައި ޑޮލަރު ހައްލު ކުރުމުގެ ވަގުތު!
ކާޑު ލިމިޓު ބޮޑު ކުރަން ދަތިތައް އެބަހުރި: ފިނޭންސް
އަޅާނުލައި ތިއްބާ ޑޮލަރުގެ އަގު 17ރ.ގައި ހަރުލައިފި
ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ފްލޯޓް ކޮށްލަން ވީތަ؟
"ޑޮލަރާގުޅޭ ފިޔަވަޅުތައް ލަސްވަނީ ލޮކްޑައުންތަކާ ހެދި"
ޑޮލަރުގެ އަގު އަނެއްކާވެސް 19ރ. އަށް އުފުލިއްޖެ
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ދިނުން ހުއްޓާލައިފި