14 ޑިސެމްބަރ 2023
ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ހުރި ނުރައްކާތެރި ދެ ކެމިކަލް ދެނެގަތުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދު ތައުރީފްކޮށްފި އެވެ.
ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ހުރި ނުރައްކާތެރި ދެ ކެމިކަލް ދެނެގަތުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދު ތައުރީފްކޮށްފި އެވެ.
އެ އެޖެންސީގެ ވެބްސައިޓުގައި ބުނީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގައި އުފައްދާ ސިރަޕްތަކުން "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ދެނެގަންނަން އެމްއެފްޑީއޭއިން މަސައްކަތްކޮށް، ސިއްހަތު ހިމާޔަތް ކުރުމުގައި ނަމޫނާ ދައްކާފައިވާ ކަމަށެވެ.
ރާއްޖެއިން އެ ބާވަތުގެ ސިރަޕް ފުޅިތަކެއް އޮސްޓްރޭލިއާއަށް ފޮނުވައިގެން ހެދި ޓެސްޓުން ވަނީ ފާމިކްސް ލެބޯޓްރީސްގައި އުފައްދާ އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ސިރަޕުގައި ނުރައްކާތެރި ދެ ކެމިކަލް ހުރިކަން ޔަގީން ކުރެވިފަ އެވެ. އޭގެ އިތުރުން ހޮޑު މަނާކުރަން އުފައްދާ އެމިޑޮން ސަސްޕެންޝަން ކިޔާ ބޭހުގައި ވެސް އޭގެ ކެމިކަލް ހުރިކަން އެމްއެފްޑީއޭއަށް ދެނެގަނެވުމުން، ޑަބްލިއުއެޗްއޯ އަދި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓްރީ އޮތޯރިޓީން ވަނީ އެކަން ޔަގީންކުރަން ޓެސްޓު ހަދައިފަ އެވެ.
ހޮޑު މަނާކުރާ ސިރަޕްގައި ވެސް ޑައިއެތިލީން ގްލައިކޯލް އަދި އެތިލީން ގްލައިކޯލް ހުރިކަން ޔަގީންވުމުން، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓްރީ އޮތޯރިޓީން ވަނީ އެ ސިރަޕް އުފައްދާ ފެކްޓްރީ ބަންދުކުރަން ފާމިކްސްއަށް އަންގައިފަ އެވެ.
އެކަމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނުގައިވަނީ ތަޣައްޔަރުވެފައިވާ މާއްދާ ދެނެގަތް ފުރަތަމަ ގައުމަށް ރާއްޖެ ވެގެން ދިޔައީ ވަސީލަތްތައް މަދު ލެބޯޓްރީތަކަށް ވެސް ސްކްރީން ކުރެވޭނެ ގޮތަށް އުފެއްދި އާ ސްކްރީނިން މެތަޑް ބޭނުންކޮށްގެން ކަމަށެވެ. އެއާ އެއްގޮތަށް ރާއްޖެއިން ވެސް ވަނީ ޑައިއެތިލީން ގްލައިކޯލް އަދި އެތިލީން ގްލައިކޯލްގެ ތުނި ލޭޔާ ކްރޮމެޓޯގްރަފީ ޓެސްޓު ބޭނުންކޮށްގެން ބާޒާރުގައި ލިބެން ހުރި ޕްރޮޑަކްޓުތައް ސްކްރީން ކުރަން ފަށައިފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ރާއްޖޭގެ އެ ހޯދުންތަކުން، ތަޣައްޔަރުވެފައިވާ ގިނަ އުފެއްދުންތަކެއް ފާހަގަ ކުރެވި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ރެގިއުލޭޓަރީ ފިޔަވަޅުތަކެއް އެޅި ކަމަށެވެ. އަދި ޑަބްލިއުއެޗްއޯ އާއި އެހެން ގައުމުތަކަށް މައުލޫމާތު ފޯރުކޮށްދީ އިތުރު ތަހުގީގު ފެށި ކަމަށް ވެސް ބުންޏެވެ.
"ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ލެބޯޓްރީގައި ހެދި ތަހުލީލުތަކުން މި ބަލި ފެތުރިފައިވާކަން ކަށަވަރުވެފައި ވާއިރު، އެތިލީން ގްލައިކޯލް ލެވެލް 0.62 ޕަސެންޓާއި 0.82 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ހުރޭ. އެއީ ގަބޫލުކުރެވޭ މިންވަރު، 0.10 ޕަސެންޓަށް ވުރެ ބޮޑު އިތުރުވުމެއް. މިއީ ހަމައެކަނި ގައުމީ ކަންބޮޑުވުމެއް ނޫން. އެހެން ހަތަރު ގައުމެއްގައި ވެސް އެއް އުފެއްދުންތައް މާކެޓްކުރެވެމުން ދިއުމުން އެ ކަމަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމެއް." ޑަބްލިއުއެޗްއޯގެ ވެބްސައިޓުގައި ބުންޏެވެ.
ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ މަންދޫބު، ޑރ. ނާޒްނީން އަންވަރާ ހަވާލައިދީ އެ ވެބްސައިޓުގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި އެމްއެފްޑީއޭއިން ކުރަމުން އަންނަ ތައުރީފް މަސައްކަތަކީ ދުނިޔޭގެ ސިއްހަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ލިބުނު ކާމިޔާބީގެ އަލިކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ކުރިއަށް ދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސައްކަތުގެ މުހިންމުކަން މާބޮޑުކޮށް ނުބުނެވޭ. ނޭޝަނަލް ރެގިއުލޭޓްރީ އޮތޯރިޓީތަކާއި ހެލްތު އޮތޯރިޓީން ކުރަމުންދާ މަސައްކަތުގައި ދެމިތިބެ ފެންވަރު ދަށް އެއްވެސް ބޭހެއް ހުރިކަން އެނގޭނަމަ އެކަން ވަގުތުން އެންގުމަށް ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައުން އެދެން." ނާޒްނީން އަންވަރާ ހަވާލާދީ އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ރޯގާއަށް ދޭ ސިޓްރިޒަނެއްގައި ކެމިކަލް ހުރުމުން މަނާ
ކުޑަކުދިންނަށްދޭ ސިރަޕުން ނުރައްކާތެރި ކެމިކަލް ފެނިއްޖެ
އިންޑިއާ ބޭސްތަކެއްގެ މައްސަލަ އުޅޭތީ ސަމާލުވާން އެދެފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
ކުޑަކުދިންގެ ބޭހެއް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ޕެނެޑޯލް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި
އީއެމްއެލްގައި ނުހިމެނޭ ބޭސް ގަންނަންޖެހޭ ގޮތް ހަދަނީ
މޮޅެތި ބޭސް ފަސޭހައިން ގެނެވޭ ޕޮލިސީ ލޯންޗުކޮށްފި