Roadha Mihaaru
ރޯގާއަށް ދޭ ސިޓްރިޒަނެއްގައި ކެމިކަލް ހުރުމުން މަނާ

ރޯގާއަށް ދޭ ސިޓްރިޒަނެއްގައި ކެމިކަލް ހުރުމުން ވިއްކުން މަނާކޮށްފި

07 ނޮވެމްބަރ 2023

ހުމާއި ރޯގާ އަށް ބޭނުންކުރާ ސިޓްރިޒަމް ސިރަޕްގައި ކެމިކަލް މާއްދާއެއް ހުރުމުން، އެ ބޭސް ރާއްޖޭގައި ވިއްކުން މިއަދު މަނާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުމާއި ރޯގާ އަށް ބޭނުންކުރާ ސިޓްރިޒަމް ސިރަޕްގައި ކެމިކަލް މާއްދާއެއް ހުރުމުން، އެ ބޭސް ރާއްޖޭގައި ވިއްކުން މިއަދު މަނާކޮށްފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު އެލާޓުގައި ބުނީ ކެއްސުމާއި ހުން އަދި ރޯގާ އަށް އޮކްޓޯބަރު، 2022 އިން ފެށިގެން ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެލާޓް ނެރެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރާއްޖެ އިން ވެސް ރެންޑަމް ސާމްޕަލް ނަގައި ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު، އެ ޓެސްޓު ރާއްޖޭގައި ހެދޭނެ ގޮތެއް ނެތުމުން ބޭރަށް ފޮނުވައިގެން ޓެސްޓު ހަދަން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

މި އަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގައި ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ފާމިކްސް ލެބޮރަޓޮރީން އުފެއްދި ސިޓްރިޒެންގެ B220 ބެޗުގައި އެ ކެމިލަކް ހުރިކަން ކަށަވަރުވެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

"ވީމާ، މި އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މި ފާހަގަކުރެވުނު ބްރޭންޑުގެ އިތުރު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ނިންމާފައިވާތީވެ، މި ޓެސްޓުގެ ނަތީޖާ ލިބި، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން މި ބްރޭންޑު އެތެރެކުރުމަށާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެކެވެ." އެމްއެފްޑީއޭގެ ބަޔާނުގައި ވެ އެވެ.