މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ބަހާދަރު ބޯޓު، ފަސިންޖަރުންނާއި ގިނަ އަދަދެއްގެ މުދަލާ އެކު ފަރަކަށް އަރައިފި އެވެ.
13 ޑިސެމްބަރ 2023
މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ބަހާދަރު ބޯޓު، ފަސިންޖަރުންނާއި ގިނަ އަދަދެއްގެ މުދަލާ އެކު ފަރަކަށް އަރައިފި އެވެ.
އެ ބޯޓުގެ ފަޅުވެރިޔަކު ބުނި ގޮތުގައި ރޭ 1:50 ހާއިރު ބަހާދަރު ބޯޓު އެރީ ނ. ދެކެނަންފަރަށެވެ. ބޯޓު ފަރަށް އެރިއިރު އޭގައި އަންހެނުންނާއި ކުޑަކުދިންނާ އެކު 52 ފަސިންޖަރުން ތިއްބެވެ އެވެ. އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.
ބޯޓުގައި ތިބި ބައެއް މީހުން މިހާރު ށ. ފޯކައިދޫއަށް ގެންގޮސްފައި ވާއިރު އެހެން ބޯޓެއްގައި 31 މީހަކު ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބަހާދަރު ބޯޓުގެ ފަޅުވެރިޔާ ބުންޏެވެ.
މިހާރު އެ ބޯޓުގައި ތިބީ 10 ފަޅުވެރިން އެކަންޏެވެ. މުދަލާއި ބޯޓު ސަލާމަތްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އުއްމީދަކީ ވީ އެންމެ އަވަހަކަށް ބޯޓު ފުންކުރުން ކަމަށް އޭނާ ބުންޏެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ފަރަށް އަރާފައިވާ ބޯޓަށް ކޯސްޓްގާޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކުޅުދުއްފުށީ ބަހާދަރު ބޯޓަކީ އެ ރަށަށް އެންމެ ގިނައިން މުދާ އުފުލާ ބޯޓެވެ. މީގެ ކުރިން މި ބޯޓުގައި ގިނައިން އުފުލީ މީހުން ކަމަށް ވިޔަސް ކުޅުދުއްފުށީ އެއާޕޯޓް އެޅި ފަހުން ގިނައިން އުފުލަނީ މުދަލެވެ.
ނަސްރަކީ ހެޔޮ މީހެއް، މަހަށް ދިޔައީ އާއިލީ އުފަލަށް!
ރޯވި ބޯޓު ފެތިއްޖެ، ގެއްލުނު މީހާ އަދިވެސް ނުފެނޭ
ޓޫރިސްޓުން ގޮވައިގެން ދިޔަ އިތުރު ލޯންޗެއް އަޑިއަށް
ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
ބޯޓުން ގެއްލުނުމީހާ ހޯދުން މެދުކަނޑާލައިފި
ކުޅުދުއްފުށީގައި މީހުން ދިރިއުޅޭ ގެއެއްގައި ރޯވެއްޖެ
ޑިންގީ ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ސަލާމަތްކޮށްފި
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި މީހަކު ގެއްލިއްޖެ
ގެއްލުނު ދޯނި ޑްރޯންގެ އެހީގައި ހޯދައިފި