10 ޑިސެމްބަރ 2023
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮލަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެ ގައުމުގެ ކްލަބެއް ޖަބަލް އަލް މުކާބާ ކްލަބް، އޭއެފްސީ ކަޕުން ވަކިވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮލަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެ ގައުމުގެ ކްލަބެއް ޖަބަލް އަލް މުކާބާ ކްލަބް، އޭއެފްސީ ކަޕުން ވަކިވެއްޖެ އެވެ.
މުކާބާ އިން އޭއެފްސީ ކަޕުން ވަކިވާން ނިންމާފައިވާކަން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އަންގާފައި ވާކަން އޭއެފްސީން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
"ކްލަބުން މުބާރާތުން ވަކިވިކަން ހިތާމައާއެކު ފާހަގަކުރަން. އެ މައްސަލަ މިހާރު ވަނީ ފޯސް މެޔޫއާ (ކޮންޓްރެކްޓެއްގައި އާދަޔާ ހިލާފު ހާދިސާއަކުން ސީދާ އެއްފަރާތަކަށް ނުވަތަ ދެފަރާތަށް ވެސް އަދާނުކުރެވޭނަމަ ދެފަރާތުގެ ވާޖިބުން މިނިވަންވާ މާއްދާއެއް) ބަލައިގަތުން ހިމެނޭ ގޮތަށް ކަމާބެހޭ އިތުރު ފިޔަވަޅު އެޅުމަށް އޭއެފްސީގެ މުބާރާތްތަކުގެ ކޮމިޓީއަށް ފޮނުވާފައި،" އޭއެފްސީގެ ބަޔާނުގައި ވެއެވެ.
ޖަބަލް އަލް މުކާބާ ހިމެނެނީ އޭއެފްސީ ކަޕްގެ ގުރޫޕް އޭގަ އެވެ. އެޓީމުން ވަނީ ފުރަތަމަ މެޗުގައި ސީރިއާގެ އަލް ފަތުވާއާ ވާދަކޮށް 1-0 އިން މޮޅުވެފަ އެވެ. އަދި އޮކްޓޫބަރު 7 ގައި ހަނގުރާމަ ފެށުމުގެ ކުރިން އެޓީމުގެ ދެވަނަ މެޗުގައި ވަނީ 4-0 އިން އޮމާނުގެ އަލް ނަހުދާ އަތުން ބަލިވެފަ އެވެ.
މުބާރާތުން ވަކިވުމާ ގުޅިގެން އެޓީމުން ކުޅުނު ހުރިހާ މެޗެއްގެ ނަތީޖާތަކެއް ވަނީ ކެންސަލް ކުރެވިފަ އެވެ.
ޖަބަލް އަލް މުކާބާއިން މި ސީޒަންގެ އޭއެފްސީ ކަޕުން ޖާގަ ހޯދީ މިދިޔަ ސީޒަންގައި ވެސްޓް ބޭންކް ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.
އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް މި ހަފްތާ ކުޅޭއިރު، ގުރޫޕް ސްޓޭޖުގައި ވާދަކުރާ ރާއްޖޭގެ ކްލަބަކީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެވެ. ގުރޫޕް ޑީގައި ހިމެނޭ މާޒިޔާ ފަހު މެޗުގައި މާދަމާ ގަލޮޅު ދަނޑުގައި އިންޑިއާގެ މޯހަން ބަގާނާ ދެކޮޅަށް ނުކުންނައިރު، މި ދެ ޓީމަށް ވެސް ވަނީ ނޮކައުޓް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ.
އަގްސާގައި ފައްޅި އަޅަން ގޮވާލުން ކުށްވެރިކޮށްފި
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅައިފި
ހަމަލާގައި ޖިންސީ އަނިޔާކުރި ވާހަކައަކީ ދޮގެއް: ހަމާސް
އިޒްރޭލު ވަނީ ގަތުލުއާންމާބެހޭ މުއާހަދާއާ ހިލާފުވެފައި
ޣައްޒާގައި 100 ދުވަސް ތެރޭ 24،000 މަރު
ޣައްޒާގެ ހަމަލާތަަކަށް 100 ދުވަސް، ދުނިޔެ ކުޅިބަލަން
ހަމާސް ނައްތާލާފައި ނޫނީ ނުހުއްޓާނަން: މޮސާޑްގެ ވެރިޔާ
އިޒްރޭލުގެ ރަހީނެއް އިޒްރޭލާ ހެދި މަރުވިކަމަށް ބުނެފި
މުޅި އަހަރު ހޭދަވާނީ ހަމަލާ ދިނުމުގައި: އިޒްރޭލް
ފަލަސްތީނުގެ ކުރީގެ ވަޒީރަކު އަވަހާރަކޮށްލައިފި