Roadha Mihaaru
އައްޑޫ މާރާމާރީ: ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

އައްޑޫ މާރާމާރީ: 11 މީހުން ހައްޔަރަށް، އެކަކު ދޫކޮށްލައިފި

07 ޑިސެމްބަރ 2023

އައްޑޫގައި ގޭންގު މާރާމާރީތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ 11 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫގައި ގޭންގު މާރާމާރީތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ 11 މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބާކީ ތިބި 10 މީހުންގެ ތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާއިރު، ދެން ތިބި މީހުންގެ ބަންދަށް އެކި މުއްދަތުތައް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.

ފުލުހުން ބުނީ އައްޑޫގައި ހިންގި ދެ މާރާމާރީގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ ކަމަށެވެ.

އައްޑޫގައި މާރާމާރީތައް ފެށުނީ ފާރެއްގައި ކުރަހާފައި ހުރި ގްރެފިޓީތަކެއްގެ މައްޗަށް އެހެން ގޭންގެއްގެ ބަޔަކު މިދިޔަ މަހުގެ ގްރެފިޓީތަކެއް ޖެހުމުންނެވެ. އެކަމާ ގުޅިގެން ހިތްހަމަނުޖެހުންތައް ބޮޑުވެ، އެކަން އެންމެ ފަހުން ޒުވާބަކަށް ބަދަލުވެ، ގޭންގް ހަމަނުޖެހުމަކަށް ބަދަލުވެ، އެކަކަށް ހަމަލާދިނެވެ.

އައްޑޫގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ: މާރާމާރީ ހިންގަން ތައްޔާރުކޮށްފައި ހުރި ހަތިޔާރުތަކެއް ވަނީ ހޯދައިފައި --- ފޮޓޯ: ޕޮލިސް

އައްޑޫގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ: މާރާމާރީ ހިންގަން ތައްޔާރުކޮށްފައި ހުރި ހަތިޔާރުތަކެއް ވަނީ ހޯދައިފައި --- ފޮޓޯ: ޕޮލިސް

އެކަމުގެ ބަދަލު ހިފުމުގެ ހަމަލާއެއް މިދިޔަ އާދިއްތަ ދުވަހު ދިނެވެ.

އިއްޔެ ފުލުހުން ވަނީ މާރާމާރީ ހިންގަން ތައްޔާރު ކޮށްފައިހުރި ހަތިޔާރުތަކެއް ވެސް ހޯދައިފަ އެވެ.

އެ މާރާމާރީތަކުގައި ދެ މީހަކަށް އަނިޔާވި އެވެ. ފުރަތަމަ މާރާމާރީގައި ހާލު ސީރިއަސްވި މީހާ ވަނީ މިދިޔަ ހަފުތާގައި މާލެ ގެނެސްފަ އެވެ.