06 ޖޫން 2022
ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލުމުން މަރުވި މައްސަލާގައި 16 އަހަރުގެ ކުއްޖަކު ހައްުޔަރުުކޮށް ރަށުގެ އަމާންކަން ނަގާލަން އުޅުނު އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލުމުން މަރުވި މައްސަލާގައި 16 އަހަރުގެ ކުއްޖަކު ހައްުޔަރުުކޮށް ރަށުގެ އަމާންކަން ނަގާލަން އުޅުނު އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހުގެ މެންދަމު ފޭދޫގައި ޒަހަމްކޮށްލި އުމުުރުން 21 އަހަރުގެ މީހާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އައްޑޫ އިން ހައްޔަރުކުރީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި ރަށުގެ ތެރޭގެ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހަކު ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފޭދޫގައި އެންމެ ފުރަތަމަ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. އެ މާރާމާރީގައި 19 އަހަރުގެ މީހެއްގެ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކުރުމުގެ ސަބަބުން ފަރުވާއަށް ފުރަތަމަ ގެންދިޔައީ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ. އެކަމަކު ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި އޭނާ ގެނައީ މާލެއަށެވެ.
އައްޑޫގައި މާރާމާރީތައް އިތުރުވެ އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. އެ ކައުންސިލުން މުވައްސަސާތަކަށް ގޮވާލާފައި ވަނީ މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދީ، ރަށު ތެރޭގައި އަމާންކަން ގާއިމްކުރުން އަވަސް ކުރުމަށެވެ.
އައްޑޫ މާރާމާރީ: އިތުރު ހަތިޔާރުތަކެއް ހޯދައިފި
އައްޑޫ މާރާމާރީ: ހައްޔަރުކުރި އެކަކު ދޫކޮށްލައިފި
އައްޑޫ މާރާމާރީ: ހަތިޔާރުތަކެއް ހޯދައިފި
ފަހުން ހިންގި މާރާމާރިއާ ގުޅިގެން 4 މީހަކު ހައްޔަރު
އައްޑޫ މާރާމާރިއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުން ބަންދަށް
އައްޑޫ ގެއަކަށް ވަދެ މީހެއްގެ ގަޔަށް ވަޅި ހަރައިފި
އައްޑޫ މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި
އައްޑޫގައި ގްރޫޕް މާރާމާރީއެއް، އެކެއްގެ ހާލު ސީރިއަސް
ފޭދޫގެ މާރާމާރީ: 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި