06 ޑިސެމްބަރ 2023
އައްޑޫގައި ގޭންގް މާރާމާރީތަކާ ގުޅިގެން ފުލުހުންގެ ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން، މާރާމާރީ ހިންގަން ތައްޔާރު ކޮށްފައިހުރި ހަތިޔާރުތަކެއް ފުލުހުން ހޯދައިފި އެވެ.
އައްޑޫގައި ގޭންގް މާރާމާރީތަކާ ގުޅިގެން ފުލުހުންގެ ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން، މާރާމާރީ ހިންގަން ތައްޔާރު ކޮށްފައިހުރި ހަތިޔާރުތަކެއް ފުލުހުން ހޯދައިފި އެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ ގޭންގް މާރާމާރީތައް ހުއްޓުވަން އައްޑޫގެ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސްގެ ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން އައްޑޫގައި ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
އެ މަސައްކަތުގައި މިހާތަނަށް 10 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވާއިރު، ދެން ތިބި މީހުންގެ ބަންދަށް އެކި މުއްދަތުތައް ކޯޓުން އިތުރު ކޮށްފައިވެ އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގަން ތައްޔާރު ކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި އެހެނިހެން އާލަތްތައް ހޯދާފައިވާ ކަމަށެވެ.
އައްޑޫގައި މާރާމާރީތައް ފެށުނީ ފާރެއްގައި ކުރަހާފައި ހުރި ގްރެފިޓީތަކެއްގެ މައްޗަށް އެހެން ގޭންގެއްގެ ބަޔަކު މިދިޔަ މަހުގެ ގްރެފިޓީތަކެއް ޖެހުމުންނެވެ. އެކަމާ ގުޅިގެން ހިތްހަމަނުޖެހުންތައް ބޮޑުވެ، އެކަން އެންމެ ފަހުން ޒުވާބަކަށް ބަދަލުވެ، ގޭންގް ހަމަނުޖެހުމަކަށް ބަދަލުވެ، އެކަކަށް ހަމަލާ ދިނެވެ.
އެކަމުގެ ބަދަލު ހިފުމުގެ ހަމަލާއެއް މިދިޔަ އާދިއްތަ ދުވަހު ދިނެވެ.
މި މާރާމާރީތަކުގައި ދެ މީހަކަށް އަނިޔާވި އެވެ. ފުރަތަމަ މާރާމާރީގައި ހާލު ސީރިއަސްވި މީހާ ވަނީ މިދިޔަ ހަފުތާގައި މާލެ ގެނެސްފަ އެވެ.
އައްޑޫ މާރާމާރީ: އިތުރު ހަތިޔާރުތަކެއް ހޯދައިފި
އައްޑޫ މާރާމާރީ: ހައްޔަރުކުރި އެކަކު ދޫކޮށްލައިފި
ފަހުން ހިންގި މާރާމާރިއާ ގުޅިގެން 4 މީހަކު ހައްޔަރު
އައްޑޫ މާރާމާރިއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުން ބަންދަށް
އައްޑޫ ގެއަކަށް ވަދެ މީހެއްގެ ގަޔަށް ވަޅި ހަރައިފި
އައްޑޫ މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި
އައްޑޫގައި ގްރޫޕް މާރާމާރީއެއް، އެކެއްގެ ހާލު ސީރިއަސް
ފޭދޫގެ މާރާމާރީ: 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
މަރުގެ މައްސަލާގައި 16 އަހަރުގެ ކުއްޖަކު ހަައްޔަރު