Roadha Mihaaru
ބްރެޒިލްގެ ފުޓްބޯޅައިގެ ގަދަބާރު ސަންޓޯސް ރެލިގޭޓްވެއްޖެ

ބްރެޒިލްގެ ފުޓްބޯޅައިގެ ރަސްގެފާނު ސަންޓޯސް ރެލިގޭޓްވެއްޖެ

07 ޑިސެމްބަރ 2023

ސަންޓޯސް (ނޮވެމްބަރު 7) - ބްރެޒިލްގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ، ސަންޓޯސް ފުރަތަމަ ފަހަރަށް ރެލިގޭޓް ވެއްޖެ އެވެ.

ސަންޓޯސް (ނޮވެމްބަރު 7) - ބްރެޒިލްގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ، ސަންޓޯސް ފުރަތަމަ ފަހަރަށް ރެލިގޭޓް ވެއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި އުފެއްދި އެންމެ ވަރުގަދަ ލެޖެންޑް، ޕެލޭގެ ރަން ދުވަސްތައް އޭނާ ހޭދަ ކުރީ ސަންޓޯސްގަ އެވެ. އޭނާ ޖެހި ގިނަ ލަނޑުތަކާ އެކު ބޮޑު މަޝްހޫރުކަމެއް ސަންޓޯސް އަށް ލިބުނެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު، މަރުވި ޕެލޭގެ ޖަނާޒާ ބޭއްވި ސަންޓޯސްގެ ވިލާ ބެލްމިރޯ ސްޓޭޑިއަމްގައި ފޯޓަލެޒާ އަތުން 2-1 ން އިއްޔެ ބަލިވުމުން، ސަންޓޯސް އަށް ދެން ސަލާމަތް ނުވެވޭނެކަން ޔަގީންވި އެވެ. އެ ޓީމު އޮތީ 17 ވަނައިގަ އެވެ. ޖުމުލަ 20 ޓީމު ވާދަ ކުރާ ބްރެޒިލްގެ ލީގުން ފުލަށްދާ ހަތަރު ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެ އެވެ.

ޕެލޭގެ އިތުރުން މަޝްހޫރު އެހެން ކުޅުންތެރިންތަކެއް ވެސް ސަންޓޯސްއިން އުފެއްދި އެވެ. ނޭމާ އާއި ރެއާލް މެޑްރިޑްގައި މިހާރު ފިޔަޖަހަމުން އަންނަ ރޮޑްރިގޯ ގޮއިސް އަކީ ވެސް ސަންޓޯސްގައި ވިދާލީ ތަރިންނެވެ.

ކުރީގެ ކުޅުންތެރިންގެ ތެރެއިން ރެއާލް އާއި އޭސީ މިލާންގެ ކުރީގެ ފޯވާޑް، ރޮބީނިއޯ އާއި ބްރެޒިލަށް 1970 ގެ ވޯލްޑް ކަޕް ހޯދައިދޭން އެހީވި ކުރީގެ ފޯވާޑް އެޑޫ އަކީ ވެސް ސަންޓޯސްގައި ބޮޑު މަގުބޫލުކަމެއް ހޯދި ކުރީގެ ކުޅުންތެރިންނެވެ. އެ މެޗުގައި ޕަލްމިއެރަސްގެ ލަނޑު ޖެހީ 18 އަހަރުގެ އެންޑްރިކް ފިލިޕޭ އެވެ. އަންނަ ސީޒަނުގައި އޭނާ ރެއާލްއާ ގުޅޭނެ އެވެ.

ބްރެޒިލްގެ ފުޓްބޯޅަ ދުނިޔޭގެ ބްރޭންޑަކަށް ހެދި ތިން ކްލަބްގެ ތެރެއިން އެންމެ މަޝްހޫރު ޓީމަކީ ސަންޓޯސް އެވެ، އަނެއް ދެ ޓީމަކީ ސައޯ ޕޯލޯ އާއި ފްލެމިންގޯ އެވެ. އެ ދެ ޓީމު ވެސް މިހާތަނަށް ރެލިގޭޓް ވެފައެއް ނެތެވެ.

ބްރެޒިލްގެ ލީގު ޗެމްޕިއަންކަން ހޯދީ ޕަލްމިއެރަސް އެވެ. އެ ޓީމުން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ ފަހު މެޗު ކުރޫޒެއިރޯއާ 1-1 ން އެއްވަރުކޮށްގެންނެވެ.