05 ޑިސެމްބަރ 2023
ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށް އެތައް ބަޔަކަށް ދިނީ އުއްމީދެކެވެ; އަނިޔާ އާއި ހައްގުތައް ނިގުޅައިގަނެފައިވާ ޒަމާންވީ މައްސަލަތަކުގައި އިންސާފު ހޯދައި ދިނުމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދުވެ, އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ 65 އަހަރުގެ މައްސަލަތައް ބަލައި ހައްގު ހޯދައިދިނުމަށެވެ. އެތައް ބަޔަކު އެ އޮފީހަށް މައްސަލަ ހުށަހެޅި އެވެ. ލިއުންތައް އެކި ތަންތަނުން ހޯދައި ވަގުތު ހޭދަކޮށްގެން ބަޔާންތައް ދިނެވެ. އެކަމަކު އޮފީސް އުވާލިއިރު އޮތީ އިންސާފު ނުލިބޭ ކަމުގެ ޝަކުވާ އެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށް އެތައް ބަޔަކަށް ދިނީ އުއްމީދެކެވެ; އަނިޔާ އާއި ހައްގުތައް ނިގުޅައިގަނެފައިވާ ޒަމާންވީ މައްސަލަތަކުގައި އިންސާފު ހޯދައި ދިނުމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދުވެ, އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ 65 އަހަރުގެ މައްސަލަތައް ބަލައި ހައްގު ހޯދައިދިނުމަށެވެ. އެތައް ބަޔަކު އެ އޮފީހަށް މައްސަލަ ހުށަހެޅި އެވެ. ލިއުންތައް އެކި ތަންތަނުން ހޯދައި ވަގުތު ހޭދަކޮށްގެން ބަޔާންތައް ދިނެވެ. އެކަމަކު އޮފީސް އުވާލިއިރު އޮތީ އިންސާފު ނުލިބޭ ކަމުގެ ޝަކުވާ އެވެ.
ގާނޫނުގައި މައްސަލަތަކަށް އިންސާފު ހޯދައިދޭން ކަނޑައެޅި މުއްދަތު ހަމަވުމުން ވެސް އަހަރަކަށް ދަންމާލުމަށް ފަހު މިދިޔަ ހަފުތާގައި ވަނީ މަސައްކަތް ހުއްޓާލައިފަ އެވެ. މުއްދަތު ހަމަވެ އޮފީސް އުވުނީ އެވެ.
އިންސާފަށް އެދުނު މީހުންގެ މައްސަލަތަކަށް ވީ ގޮތެއް ނޭނގެ އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދައި ދޭން ޖެހެނީ ޖެނުއަރީ 1, 1953 އިން ނޮވެމްބަރު 17, 2018 އާ ހަމައަށް ހިންގާފައިވާ ކަންކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް އޮތީ ލާޒިމްކޮށްފަ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މެމްމަބަރުން.
ގާނޫނުގެ ދަށުން މައްސަލަތައް ހުށަހަޅަން ހުޅުވާލުމުން ގާތްގަނޑަކަށް 500 މައްސަލަ ހުށަހަޅައި އޭގެ ތެރެއިން ގިނަ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައެޅި އެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި ގާނޫނާ ހިލާފަށް ބަންދުކުރުމާއި ހައްޔަރުކުރުމާއި މުދާ ހޯދުމާއި ގެންގުޅުމާއި ހައްގުތައް ނިގުޅައިގަނެ އަނިޔާވެރިވި ކަމުގެ މައްސަލަތައް ހިމެނެ އެވެ.
މައްސަލަތައް ބަލައި ދައުވާކުރަން ފޮނުވުމާއި ބަދަލު ނަގައިދޭން ކޯޓަށް ހުށަހެޅުން ފަދަ ގާނޫނީ ބޮޑެތި ބާރުތަކެއް އެ އޮފީހަށް ދީފައިވެ އެވެ. އެ އޮފީހުގެ އެންގުންތަކަށް އަމަލުނުކުރާ ނަމަ ޖިނާއީ ދައުވާކުރުމުގެ ފުރުސަތު ވެސް ގާނޫނުން އޮތީ ފަހިކޮށްދީފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުވެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފެށުމުގެ މަރުހަލާ ހިނގައިދިޔަ އިރު އިންތިގާލީ އޮފީހުގެ ބައެއް ބޭފުޅުން ބޮޑެތި ގޯސްތަކެއް ހެއްދެވި ކަމުގެ ތުހުމަތު ކުރެ އެވެ.
އެ އޮފީހަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ނިމުނު ކަމަށް ލިއުން ތައްޔާރުކުރުމާއި ތަހުގީގުކުރުމުގެ އުސޫލްތަކާ ޚިލާފަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައި ވުމެވެ.
އޭސީސީން އެ މައްސަލަ ތަހުގީގު ކުރަން އޮފީހަށް ވަނުމުން ވެސް ހުރަސްއެޅީ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ. މި މައްސަލާގައި އެ ކޮމިޝަނުން އެ އޮފީހަށް އިންޒާރު ވެސް ދިނެވެ.
ދައުލަތުގެ ބަޖެޓުން 2020 ވަނަ އަހަރުން ފެށިގެން އިންތިގާލީ އޮފީހަށް ބޮޑު ހޭދައެއް ކޮށްފައިވެ އެވެ. އެކަމަކު ދައުލަތަށް އެ އޮފީސް ބުރައަކަށް ވެ ނަތީޖާ ނުނެރެވުމަކީ މައްސަލަ އެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް އެ އޮފީހަށް 8.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އިންތިގާލީ އޮފީހުގެ މައްސަލަތަކާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކެވި އެ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ މަސައްކަތްތަކެއް ކުރެވުނަސް ގާނޫނުގައި ކަނޑައެޅި ގޮތަށް ނަތީޖާއެއް ނުނެރެވުނު ކަމަށެވެ. ސަބަބުތަކެއް އޭނާ ދެއްކެވި ނަމަވެސް އޮފީސް އުވާލަން އުޅުނު މުއްދަތުގައި އެތަނުގެ ތެރޭގައި ގާނޫނާ ޚިލާފު ކަންކަން ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނިމިފައި ހުރި ބައެއް މައްސަލަތަކުގައި ބަދަލުތައް ގެނައުން އެއީ މައްސަލައެއް. މުއްދަތު ނިމެން ވަރަށް ކައިރިވެފައި އޮއްވައި ބަލްކްކޮށް ގިނަ މައްސަލަތަކެއް ނިންމަން އުޅުނު. ވަރަށް މަސައްކަތް ކޮށްފައި މިގޮތަށް ފަހު ވަގުތު ގެންދިއުމުން ވަރަށް ބޮޑަށް އިތުބާރު ގެއްލޭނެ ނޫންތޯ, އެކަން ހިނގަމުން ދިޔަތާ ދުވަސްކޮޅެއް ފަހުން އަޅުގަނޑުމެންނަށް ވެސް އެނގުނީ," ވާހަކަ ދެއްކެވި އެ ބޭފުޅާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އޮފީސް އުފައްދައިގެން މަސައްކަތްތައް ނުފެށި ލަސްވުމާއި ހުށަހެޅީ އަހަރުތަކެއްގެ ކުރީގެ މައްސަލަތަކަކަށް ވެފައި ހެކި ހޯދުމާއި މައްސަލަ ހުށަހަޅާ ބަދަލު ދައުލަތުން ނަގައިދޭން ހުރި ގިނަ ގޮންޖެހުންތަކެއް ވެސް ކުރިމަތިވި އެވެ.
މިސާލަކަށް ނެންގެވީ ބޮޑުވަޒީރު ކަމުގައި އިބްރާހިމް ނާސިރު ހުންނަވައި 1962 ގައި ގދ. ތިނަދޫން މީހުން ބާލުވައި ދިން ލާއިންސާނީ އަނިޔާތައް ބަލައިދޭން ހުށަހެޅި މައްސަލަ އެވެ. މި މައްސަލާގައި ހުޅުވާލައިގެން އަޑުއެހުންތަކެއް ބޭއްވި ނަމަވެސް މީހުންގެ ފަރާތުން ލިބުނު ބަޔާންތަކަކީ ސާބިތުކުރަން ހެއްކަކަށް ނުވީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާއްމު ނުވިޔަސް އިންތިގާލީ އޮފީހުން ގިނަ މައްސަލަތަކެއް ނިންމި އެވެ. ބަލަމުން ދިޔަ މައްސަލަތަކުގެ އަދަދު އުޅޭނީ އޭނާ ވިދާޅުވާ ގޮތުގައި 134 ގަ އެވެ.
"ޕަބްލިކް ހިއަރިންގެ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދިޔަ. ޖަލުގެ އަނިޔާއާ ގުޅިގެން ޖަލަށް ގޮސްގެން ރިޕޯޓްތަކެއް ވެސް ތައްޔާރުކުރެވުނު." އޭނާ ވިދާޅުވި އެވެ.
"ނިމުނު މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް ވަރަށް ކާމިޔާބުކަމާ އެކު މީޑިއޭޝަންގެ ތެރެއިން ނިމިފައި ހުންނާނެ. ޕަބްލިކާ ހަމައަށް އެކަން ވާސިލްނުވެ އޮތަސް ދައުލަތާ ވާހަކަ ދައްކައިގެން ވަރަށް ގިނަ ކޭސްތަކުގައި ހައްގު ހޯދައިދީފައި ހުންނާނެ,"
އެއީ ވަޒީފާގެ މައްސަލަތަކުގައި ނަމަ އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ އަށް އަނބުރާ ރުޖޫއަކޮށްދިނުމެވެ. ގޯތީގެ މައްސަލަތަކުގައި ވެސް ރަނގަޅު ހައްލުތަކެއް ހޯދައިދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ މައްސަލަތައް ބަލަން މުއްދަތު އިތުރުކުރަން ޖެހެ އެވެ.
"މިއީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި ކުރާ ކަމެއް ނޫން. އަސްލުގައި އަޅުގަނޑުމެންނަށް މި ލިބުނީ ދެ އަހަރު." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުށަހެޅި މައްސަލަތަކަށް ބެލިއިރު އިންތިގާލީ އިންސާފު ހޯދައިދިނުމުގެ އޮފީހެއްގެ ބޭނުން ޖެހިފައި އޮތް ވަރު ވެސް ސާފުވާ ކަމަށެވެ. ގިނަ ދުވަސްތަކެއް ވީ މައްސަލަތަކަކަށް ވުމުން އުނދަގޫ ދިމާވިޔަސް ފަހު ވަގުތާ ހަމައަށް ވެސް ހައްލު ހޯދަން މަސައްކަތް ކުރި ކަމަށް ވިދާޅުވި އެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުގެ ބޭފުޅުން މަޖިލީހުގައި.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިންތިގާލީ އިންސާފުގެ ގާނޫނުގެ 46 ވަނަ މާއްދާގައި ބުނެފައި ވަނީ އޮމްބޮޑްސްޕާސަންގެ އޮފީހުގެ މަސައްކަތް ފުރިހަމަވެ ނިމުމުން, އަންނަނިވި ކަންކަން ހިމެނޭ ގޮތުން އެކުލަވާލާ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެ އެވެ.
- އޮމްބޮޑްސްޕާސަންގެ އޮފީހުގެ ނިންމުންތަކުގެ ހުލާސާއެއް
- ކޮންމެ މައްސަލައެއް ވަކިން ބަޔާންކޮށް އެ މައްސަލައިގެ ތަފްސީލު ހިމެނުމާއެކު އެ މައްސަލައެއްގައި ފާހަގަވި ކަންކަމާއި އެ މައްސަލައެއް ނިންމިގޮތް
- އޮމްބޮޑްސްޕާސަންގެ އޮފީހުން ބެލި މައްސަލަތަކުގެ ތެރެއިން ޖިނާއީ ދައުވާ އުފުލުމަށް ހެށަހެޅި މައްސަލަތައް
- ކުށުގެ ޝިކާރައަކަށްވި ފަރާތްތަކަށް ބަދަލުދިނުމާއި ފަރުވާ ދިނުމާ ގުޅޭގޮތުން ހުށަހަޅާ ހުށަހެޅުންތައް
- އޮމްބޮޑްސްޕާސަންގެ އޮފީހުން ހުށަހަޅާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭކަމަށް އެ އޮފީހަށް ފެންނަ ފިޔަވަޅުތައް
- އޮމްބޮޑްސްޕާސަންގެ އޮފީސް އުފެއްދި މަގްސަދުތައް ހާސިލުކުރުމަށްޓަކައި ނިޒާމީ ގޮތުންނާއި ސިޔާސީގޮތުންނާއި އިދާރީގޮތުން އަޅަންޖެހޭކަމަށް އެ އޮފީހަށް ފެންނަ އިސްލާހީ އަދި އެ ނޫން ވެސް ފިޔަވަޅުތަކާއި ގާނޫނުތަކަށާއި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް
ގާނޫނެއް ފާސްކޮށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން އިންސާފު ހޯދައިދޭން ކުރި މަސައްކަތުގައި ނެރެވުނު ނަތީޖާއެއް އެނގެން ޖެހެ އެވެ. އެ އޮފީހުގެ ރިޕޯޓް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް އާއްމުންނަށް ހާމަވާން ޖެހެ އެވެ. ވަކި ކަންކަމަށް ގާނޫނު ހަދައި ނަތީޖާ ނުނެރެވޭ ކަންކަމަށް ދައުލަތުން ބޮޑު ހޭދަކުރުން ހުއްޓުވަން މި އޮފީސް މިސާލަކަށް ފުދެ އެވެ.
އޮމްބަޑަސްޕާސަން އޮފީހުގެ މުއްދަތު އިތުރުކޮށްފި
މުއްދަތު ހަމަވަނީ, އިންތިގާލީ އިންސާފު ލިބުނީ ކާކަށް؟
ރައްޔިތުން ނުކުމެ ގަންހިންގާ ހިސާބަށް ދިޔައީތަ؟
ފާރަލީކަމަށް ބުނެ ސުޕްރީމްކޯޓްގެ އެސްޖީ ސަސްޕެންޑް
65 އަހަރުގެ އަނިޔާއަށް އިންސާފު ވީ ކޮންތާކު؟
ތިނަދޫ މައްސަލައިގެ އަޑުއެހުން އާންމުކޮށް ހުޅުވާލަނީ
އަމީންދީދީއަށް އިންސާފު ހޯދައިދޭން އެދި ހުށަހަޅައިފި
އިންސާފު ހޯދަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
އިންތިގާލީ އިންސާފުގެ 19 މައްސަލައެއް ތަހުގީގުކުރަނީ
އިންތިގާލީ އޮފީހަށް ބޯހިޔާވަހިކަމުގެ ގިނަ މައްސަލަތަކެއް