30 ނޮވެމްބަރ 2023
ޔަޝްރާޖް ފިލްމްސް (ވައިއާރުއެފް)ގެ ސްޕައި ޔުނިވާސްގައި ހިމެނޭ، ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ލީޑު ރޯލު ކުޅޭ "ވޯ"ގެ ދެވަނަ ފިލްމު 2025 ވަނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.
ޔަޝްރާޖް ފިލްމްސް (ވައިއާރުއެފް)ގެ ސްޕައި ޔުނިވާސްގައި ހިމެނޭ، ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް ލީޑު ރޯލު ކުޅޭ "ވޯ"ގެ ދެވަނަ ފިލްމު 2025 ވަނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމު ރިލީޒްކުރާނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގަ އެވެ. އެއީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށެވެ.
އެ ފިލްމު ވާނީ ވައިއާރުއެފްގެ ސްޕައި ޔުނިވާސްގެ ހަވަނަ ފިލްމަށެވެ. އެ ޔުނިވާސްގެ ފިލްމެއް ކަމަށްވާ ސަލްމާން ހާން ލީޑު ރޯލު ކުޅޭ "ޓައިގާ 3" މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ.
"ވޯ 2" ޑައިރެކްޓުކުރަނީ ކަރަން ޖޯހަރުގެ "ޔޭ ޖަވާނީ ހޭ ދިވާނީ" އާއި "ބްރަހަމާސްތުރަ: ޕާޓް ވަން" ވެސް ޑައިރެކްޓުކުރި އަޔަން މުކަރްޖީ އެވެ.
ވައިއާރުއެފްގެ ސްޕައި ޔުނިވާސްގައި ހިމެނޭ ހުރިހާ ފިލްމެއް ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި ޝާހްރުކް ހާން ލީޑު ރޯލު ކުޅޭ "ޕަތާން" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 130 މިލިއަން ޑޮލަރު ލިބިފަ އެވެ. އެއީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު، މި ޔުނިވާސްގެ ފިލްމެވެ.
މި މަހު 12 ގައި ރިލީޒްކުރި ސަލްމާންގެ "ޓައިގާ 3" އަށް ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމަށް މިހާތަނަށް ވަނީ 56 މިލިއަން ޑޮލަރު ލިބިފަ އެވެ.
"ވޯ" ގެ ސީކްއެލްގެ ވިލަންއަކަށް ޕްރަބާސް؟
ރިތިކްގެ "ވޯ 2" އަޅުވާނީ 2025 ގައި
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
ޝާހްރުކާއި ކާޖޮލްގެ "ޑީޑީއެލްޖޭ" ބްރޯޑްވޭއަކަށް
ކާމިޔާބު "ވޯ" އަށް ރިތިކް ފުރަތަމަ ބުނީ ނޫނެކޭ
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
އެމެޒޯންގެ ބޮޑު ހުށަހެޅުން ވައިއާރްއެފުން ގަބޫލެއްނުކުރި
ފިލްމުގައި ލަވައެއް ނެތުމުން ބަދަލުދޭން ޖެހިއްޖެ