29 ނޮވެމްބަރ 2023
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް އެހީ ދިނުމަށް ދުނިޔޭގެ އެކި ޖަމިއްޔާތަކުން ހަދާފައިވާ ފަންޑުތަކުން ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް، މާދަމާ ފަށާ މި އަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް އެހީ ދިނުމަށް ދުނިޔޭގެ އެކި ޖަމިއްޔާތަކުން ހަދާފައިވާ ފަންޑުތަކުން ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް، މާދަމާ ފަށާ މި އަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫއޭއީގައި ބާއްވާ މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް-28ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ތޯރިގް ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބޮޑެތި މައްސަލަތަކަށް މި ސަމިޓުގައި ދިވެހި ސަރުކާރުން ވަކާލާތު ކުރާނެ ކަމަށެވެ.
މި ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ. އަދި މި ސަމިޓުގައި ރައީސް ތަގުރީރު ވެސް ކުރައްވާނެ އެވެ.
ތޯރިގް ވިދާޅުވީ ތަރައްގީވެފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ރާއްޖެ ކަހަލަ ކުދި ގައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އެހެންވެ، މި ސަމިޓުގައި ރާއްޖެއިން ހާއްސަ އިސްކަމެއް ދީގެން އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ކޮޕް ސަމިޓުތަކުގައި ވެސް ބޮޑެތި ގައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ނިންމުންތަކެއް ނިންމާފައި ވިޔަސް، އެ މައްސަލަ އަށް އަދިވެސް އަލިމަގެއް ނުލިބޭތީ އެ މަޝްވަރާތައް ވެސް ކުރައްވާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް އެހީވާން ހަދާފައިވާ ފަންޑުތައް ރަނގަޅަށް މެނޭޖުކޮށް، ފަސޭހައިން ފައިސާ ލިބޭ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސްގެ ތަގުރީރުގައި ވެސް މިކަންކަމަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާނެ،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ރާއްޖޭގެ ތިމާވެށީގެ ނާޒުކު ހާލަތާ ގުޅޭ މައުލޫމާތު ބޮޑެތި ގައުމުތަކުގެ ސަމާލުކަމަށް ގެނެސްދިނުމެވެ. އަދި ރައީސް އުއްމީދުކުރައްވަނީ މި ސަމިޓުގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ލިބި، ތިމާވެއްޓާ ގުޅޭ މުހިންމު މައްސަލަތަކަށް ހައްލު ހޯދަން ކުރާ މަސައްކަތުގައި ކުރިއެރުން ލިބުމެވެ.
މި އަހަރުގެ ކޮޕް ސަމިޓް ބާއްވަނީ މާދަމާ އިން ފެށިގެން އަންނަ މަހު 12ގެ ނިޔަލަށެވެ.
ރައީސް، ކޮޕް ސަމިޓަށް ދުބާއީ އަށް ވަޑައިގަންނަވަނީ https://t.co/K5pY0QfBsF
— Mihaaru (@Mihaarunews) November 22, 2023
ރައީސް މި ވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީގަ އެވެ. ޔޫއޭއީ އަށް ވަޑައިގަންނަވާނީ އެ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދެވެ.
ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމަށާއި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމަށާއި އެކަމަށް ބާރުއަޅައި މަޝްވަރާ ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ސަމިޓެކެވެ. މި އަހަރުގެ ސަމިޓުގައި 160 އަށް ވުރެ ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
މި އަހަރުގެ ކޮޕް ސަމިޓަށް ރާއްޖެއިން ތައްޔާރުވަނީ
ކޭންސީސީގެ ރިޔާސަތު ރާއްޖެއަށް
ރައީސް، ކޮޕް ސަމިޓަށް ދުބާއީ އަށް ވަޑައިގަންނަވަނީ
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
93 ސަރަހައްދުގެ ތެރެއިން ބެލެހެއްޓެނީ ފަސް ތަނެއް!
ހުޅުމާލެއަށް ބައިކް ޝެއަރިން ތައާރަފުކުރަނީ
ބަޔޮސްފިއާ ރިޒާވްއަކަށް ޅ. އަތޮޅު ހަދަނީ
ބައްދަލުވުންތަކުގެ މަގުސަދު ހާސިލްވޭ: ތޯރިގް
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
އިއްޔެ އެކަނި 40،000 ގަސް އިންދައިފި