Roadha Mihaaru
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ފަޔާޒު

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ފަޔާޒު

17 ނޮވެމްބަރ 2023

އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އެ މަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އަބްދުﷲ ފަޔާޒު މިރޭ އައްޔަން ކުރެއްވި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އެ މަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އަބްދުﷲ ފަޔާޒު މިރޭ އައްޔަން ކުރެއްވި އެވެ.

މުއިއްޒު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަޔާޒަށާއި ރައީސް އޮފީހުގެ އެހެން މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ އެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ފަޔާޒަކީ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭގެ ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކުރީކޮޅު ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ވެސް ހުންނެވި އެވެ.

މި ސަރުކާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިހާތަނަށް ވައިސް ޗީފްގެ މަގާމުގައި ހުންނެވި މޭޖަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

އޭގެ އިތުރުން ރައީސް އޮފީހުގެ އިސް 14 މަގާމަށް ބޭފުޅުން މިރޭ އައްޔަން ކުރެއްވި އެވެ. އެއީ:

1. ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރުކަމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފު.

2. ޕްރެޒިޝެންޝަލް އެފެއާޒް މިނިސްޓަރު އަބްދުﷲ ނާޒިރު.

3. ޕްރެޒިޑެންޝަލް އޮފީސް މިނިސްޓަރު އާދަމް ރަމީޒް (މަލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު)

4. ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް.

5. ރައީސް އޮފީހުގެ ލީގަލް އެފެއާޒް ލީގަލް، އަހުމަދު ހިޝާމް ވަޖީހު.

6. ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރިޓަޔާޑް، އިބްރާހިމް ލަތީފު.

7. ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން އެފެއާޒް، މުހައްމަދު ނަސީރު.

8. ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް، އަހުމަދު ހަސަން ހަބީބު.

9. ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވޮލޮޕްމެންޓް، މުހައްމަދު ޝާހިދު.

10. ސެކްރެޓަރީ ޓު ޕްރެޒިޑެންޓް އޮން ސޯޝަލް ސާވިސް، ހުސައިން އާމިރު.

11. ސެކްރެޓަރީ ޓު ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް، އައްބާސް ޝަރީފް.

12. ސެކްރެޓަރީ ޓު ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އައިޝަތު އިކްރާމް.

13. ޕްރިންސިޕަލް އެޑްވައިޒާ ޓު ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމެންޓް، މުހައްމަދު އަލީ ޖަނާހު.

14. އެޑްވައިޒާ ޓު ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވޮލޮޕްމެންޓް، މުހައްމަދު ހަލީލް.

ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ފޮރިން މިނިސްޓްރީގެ ދެ މަގާމަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ. އެއީ އެ މިނިސްޓްރީގެ އެމްބަސެޑަރު އެޓް ލާޖުގެ މަގާމަށް އަލީ ނަސީރު، އަދި ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް މުހައްމަދު ޝަހުދީ އެވެ.