ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނެތް ކަން ދޭހަވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު މެސެޖެއް ދެއްވައިފި އެވެ.
08 ފެބުރުއަރީ 2017
ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނެތް ކަން ދޭހަވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު މެސެޖެއް ދެއްވައިފި އެވެ.
އައްޑޫގެ 500 އަށް ވުރެ ގިނަ މީހުން ވެރިކަން ކުރާ ޕީޕީއެމާ ގުޅެން ސްޓެލްކޯގައި ބޭއްވި ހަފުލާގައި ރައީސް ޔާމީން ވަނީ ސްރީ ލަންކާ އަށް ނަޝީދު ވަޑައިގެން، އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ނިންމެވި ނިންމެވުންތަކަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އިދިކޮޅު އެމްޑީޕީން ފެންނަނީ "އެންމެ މީހަކު ވަށައިގެން ތޮވާފްކުރާ ތަން" ކަމަށެވެ.
"ހަމަ އެންމެ ގިބުލައެއް ހުރެގެން، އެންމެ މީހަކު ހުރެގެން ވަށައިގެން ތޮވާފްކުރަނީ. އެކަމަކު މީގެ ކޮޅެއް މެދެއް އުއްމީދެއް ހަމަ އެއްގޮތަކަށް ވެސް ފެންނާކަށް ނެތް. އަޅުގަނޑަކަށް ނުވިސްނޭ ދިވެހި ރާއްޖޭގެ ގާނޫނުތައް މިހާރު ހުރި ގޮތުން އެއްގޮތަކަށް ވެސް މި ސަޖިދަކުރެވޭނެ ގޮތެއް،" ރައީސް ވިދާޅުވި އެވެ.
އެހެންވެއްޖެ ނަމަ، ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީން ވެސް "މައި ފިއްލަން" އެބަ ޖެހެ އެވެ. އެ ޕާޓީގައި ވެސް އެހެން ލީޑަރުން އުފެއްދޭނެ ކަން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމަށް ސޮއިކުރި މީހަކު ރައީސް ޔާމީނާ ފޯމު ހަވާލުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑުމެން އިންތިހާބުތައް މި ބާއްވަނީ ކީއްކުރަންތޯ؟ ރައްޔިތުންގެ ތާއީދާ އެކީގައި ރައްޔިތުންނަށް ހިދުމަތްކުރާނެ ބަޔަކު ހޯދަން. އަދި އެ ހޯދޭ ބައެއްގެ ހިދުމަތުން އަޅުގަނޑުމެންނަށް ފެނިގެންދާނެ، އެ ކައުންސިލަރުންގެ ތެރެއިން ދާއިރާގެ އިންތިހާބަށް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާނެ ބޭފުޅުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީ ހިނގަން ޖެހޭނީ އެކެއްގެ ވަށައިގެން ނޫން ކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. ޕާޓީތައް ހިނގަން ޖެހޭނީ އުސޫލްތަކާއި ގުނަވަންތަކާއި ޕާޓީން ގަބޫލުކުރާ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމް މިހާރު ހިންގަނީ އެ އުސޫލުން ކަމަށް ވެސް ވިދާޅުވި އެވެ.
"ޕާޓީއަކީ އާއްމު މެމްބަރުންގެ ޕާޓީއެއް. ޕާޓީތަކުން އުސޫލްތަކެއް ކަނޑައަޅާފައި ބަޔަކު އިންތިހާބުކޮށްފައި މިވަނީ އެ އުސޫލުން ކަންކަން ގެންދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ދައުރު ނިމޭއިރު ވެސް ޕާޓީގެ ކުރިމަގަށް ބަޔަކު ތަރުބިއްޔަތު ކުރަން ޖެހޭކަން ގަބޫލުކުރެއްވެ އެވެ. ކުރިމަގުގައި ޕާޓީގެ ޒިންމާ އުފުލާނެ އެތައް ބަޔަކު އެ ޕާޓީގައި އެބަ ތިބި ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީން 500 އަށް ވުރެ ގިނަ މީހުން ސޮއިކުރަން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމަށް 100،000 މެމްބަރުން ހަމަކުރަން ފަށާފައިވާ މަސައްކަތުގެ ނަތީޖާ އާއި މެމްބަރުންގެ މެދުގައި އެ ރޫހު ވެސް ދަނީ ފެންނަމުން ކަމަށެވެ. ކޮންމެ ފަހަރަކު ގިރިސް އަޅައިގެން މައި ސޯބު އަނބުރަންދެން ކުދި ސޯބުތައް ނޭނބުރި ތިބޭ ކަމަށް ވަންޏާ ޕާޓީއެއް ނުހިނގާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޕާޓީއަކީ އެންމެންގެ ޕާޓީއެއް ދެއްތޯ؟ އެހެންވީމަ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަކީ ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ސިޔާސީ ޕާޓީ އަށް މި ބޭނުންވާ ލުބްރިކަންޓް އަޅައިގެން ޕާޓީ ހަލުވިކުރުން. މިއަދު އިރާދަކުރެއްވިއްޔާ އޭގެ ހެޔޮ ނަތީޖާ ވެސް ފެންނަމުން އެދަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމާޒަކީ ތަރައްގީ އެވެ. އެ ތަރައްގީގެ ދުވެލި ހަލުވިވެއްޖެ ކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި ކުރިން ހިޔާލުނުކުރާ ކަންކަމަށް ރައްޔިތުން އެދެމުން އަންނަނީ ވެސް އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅޭނެ ކަން އެކަމަށް އެންމެ ބޮޑަށް ފާޑުކިޔާފައިވާ މީހުން ވެސް ގަބޫލުކުރެ އެވެ. އެހެންކަމުން، އެ ބްރިޖެކޭ އެއްގޮތަށް ރަށްރަށުގައި ވެސް ބްރިޖްތައް ނޭޅެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ނަޝީދުގެ ކުށަކީ ހުދުމުހުތާރުވުން: ރައީސް ޔާމީން
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
"އިންޑިއާ އައުޓް"އާ ހެދި އޮތީ ނުތަނަވަސްކަން: ނަޝީދު
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު
ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި
ރާއްޖެއަކީ ވަގު ގައުމެއް ނޫންކަން ދައްކަންޖެހޭ: ނަޝީދު
ސަލާމަތް ވާނީ އެމްޑީޕީއަށް ވޯޓު ދީގެން: ނަޝީދު
"ހިތަދޫގެ ބޮޑު ތާއީދެއް ނަޝީދަށް އޮންނާތީ ހައިރާންވޭ"