މާލޭގެ މަގެއްމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
13 ނޮވެމްބަރ 2023
މާލޭގެ މަގެއްމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
އެ ބުޅަލަށް އަނިޔާކުރިކަން އެނގުނީ ވަޅި ހަރާ ވީޑިއޯ ސޯޝަލް މީޑިއާގައި މިއަދު އާންމުވުމުންނެވެ. މަގުމަތީގައި އުޅޭ ބުޅަލަށް އަނިޔާކުރުން އާއްމުވެފައި ވަނިކޮށް ވަޅިހަރަނިކޮށް އެ ވީޑިއޯގައި ފެނުމުން ގިނަ ބަޔަކު ދަނީ ޝޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
އެ ވީޑިއޯ އާންމުވިތާ އިރުކޮޅެއް ފަހުން ވަނީ ފުލުުހުން ބިޑި އަޅުވައިގެން އެ މީހާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއް ވެސް އާންމުވެފަ އެވެ. ނަމަވެސް މި މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އާއްމުވި ވީޑިއޯ އިން ފެންނަނީ މަގުމަތިން ހިނގާފައި އައި ފިރިހެނަކު އިމާރާތެއްގެ ކައިރީގައި އޮށޯވެލައިގެން އޮތް ބުޅަލެއްގެ ކައިރި އަށް ތިރިވެ، އިރުކޮޅަކު މަޑުކޮށްގެން ހުރުމަށް ފަހު ކުއްލިއަކަށް އެ ބުޅަލުގެ ގަޔަށް ވަޅި ހަރާ ތަނެވެ. ވަޅި ހެރުމާ އެކު އެ ބުޅާ ވަރަށް ބާރަށް އެތަނުން ދުއްވައިގަނެ އެވެ.
އެއީ ނަސަންދަރު ފުރަގަހުގައި، އަމީރު އަހްމަދު މަގުގައި ހުންނަ އިމާރާތެއްގެ ކުރިމަތީގައި އޮތް ބުޅަލެކެވެ.
ބުޅާ މަރާލި މީހާ ހައްޔަރުކޮށްގެން ގެންދަނީ.
އެނގިފައިވާ ގޮތުގައި އެކަން ހިނގީ މިއަދު ހެނދުނު 11 ޖެހިއިރެވެ. ވަޅި ހެރި އެ ބުޅަލަކީ ބަނޑު ބޮޑު ބުޅަލެއް ކަމަށްވެ އެވެ. ދިރޭތަކެއްޗަށް އެހާ އަނިޔާވެރިވުން ކުށްވެރިކޮށް ގިނަ މީހުން ނުރުހުންފާޅުކޮށްފައިވެ އެވެ.
ޖަނަވާރުންނަށް އަނިޔާކުރުމަކީ ގާނޫނީ ކުށެކެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. އަދި މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މި ފޮޓޯ "އަނިޔާވެރިކަމުން" ބޮޑު މައްސަލައަކަށްވެއްޖެ
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ޓިކްޓޮކްގައި ކުޑަކުއްޖަކު ވިއްކާލަން ޖެހި މައްސަލައެއް
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ހަމަނުޖެހުމަށް ހިތްވަރު ދިންކަމަށް ބުނެ ހައްޔަރު
އަމުރަށް ތަނާބުވެ،ސައިކަލްގައި ޖައްސައި ޒަހަމްކޮށްލައިފި
ޕީޖީން ނިންމީ 20 މީހަކު ބަންދުން ދޫނުކުރަން
ކުރީގެ ފިރިމީހާ އާއި މިހާރު ލޯބިވެރިޔާއާދެމެދު މާރާމާރީ
ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ސަލާމަތްވެއްޖެ
ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް