12 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ބޭރު ކޮށްލަން މިއަދު ރިޔާސަތުން ނިންމީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ލަފާ ދެއްވަނިކޮށް ކަން އެނގިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ބޭރު ކޮށްލަން މިއަދު ރިޔާސަތުން ނިންމީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ލަފާ ދެއްވަނިކޮށް ކަން އެނގިއްޖެ އެވެ.
އިތުބާރު ނެތް މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވިތާ ދެ ހަފްތާ ފަހުން މިއަދު ވަނީ އެ ޖަލްސާ ކުރިޔަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ޑިމޮކްރެޓްސް އިން ބުނެފައި ވަނީ އެ ގަރާރުގައި ދީބާޖާ ހިމަނާފައި ނުވާ ކަމަށާއި އެއީ ގަވައިދާ ހިލާފަށް އެމްޑީޕީން ހަދާފައިވާ ގަރާރެއް ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެ ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށް ވިދާޅުވުމާއެކު ނިއުޝާ ރިޔާސަތާ ވާހަކަ ދައްކަވާ މަންޒަރު ލައިވް އިން ފެނެ އެވެ.
އެހެން ނަމަވެސް ނިއުޝާގެ ވާހަކަތަކަށް ނުބައްލަވައި އަފީފް ޖަލްސާ ނިންމާލައްވަ އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި މެންބަރަކު ވިދާޅުވި ގޮތުގައި ޖަލްސާ ނިންމާލީ އިދާރީ މޭޒުން ވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ލަފާ ދީފައި ވަނިކޮށެވެ.
އޭނާ ވިދާޅުވީ މަޖިލީހުން އެ މައްސަލަ ބަލައިގެންފައި ވަނީ މީގެ ކުރިން ވެސް އެގޮތަށް ހުށަހަޅާފައި ހުރި ގަރާރު މަޖިލީހުގައި ކުރިޔަށް ގެންގޮސްފައިވާތީ ކަމަށެވެ. އަދި އެ މައްސަލާގައި ރިޔާސަތުން ނިންމި ނިންމުން އިދާރީ ބޭފުޅުން ވެސް މި ފަހަރު ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ނުގެންދެވި އެތައް ދުވަހެއް ހިނގާއިރު ހުވާ ކުރުމުގެ ޖަލްސާގައި އެމަނިކުފާނު އިންނެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ނަޝީދު މަސައްކަތް ކުރައްވަނީ ހުވާ ކުރުމުގެ ޖަލްސާ އާ ހަމައަށް ރިޔާސަތުގައި ހުންނެވުމަށެވެ.
މަޖިލީހުގެ ގަވާއިދުގެ ބާގަނޑުތައް ބައްދަންޖެހޭ!
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ހައްދުން ނެއްޓި، ނަޝީދުގެ އިތުބާރު އިތުރަށް ގެއްލެނީ!
ނަޝީދު ވަކިކުރާ ގަރާރު މާދަމާއަށް ވެސް އެޖެންޑާކޮށްފި
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް އީވާ ނިންމަވައިފި
ނަޝީދު ވަކިކުރާ ގަރާރު ގޯސްކަމަށް ބުނެ ބޭރުކޮށްލައިފި
ނިޒާމީ ނުކުތާ ނަގައި ނަޝީދުގެ ގަރާރަށް ހުރަސްއަޅަނީ
ހުވާ ކުރަންދެން ގަރާރަށް ހުރަސްއަޅާނެ ކަމުގެ ތުހުމަތު
ހުކުމާއެކު ނަޝީދުގެ ގަރާރު އާދީއްތައަށް އެޖެންޑާކޮށްފި