Roadha Mihaaru
27 ގައުމަކާ އެކު ދިރާގު ރޯޑް ރޭހުގެ ތަރުހީބު ބޮޑު

ދިރާގު ރޯޑް ރޭހުގައި 27 ގައުމެއްގެ ދުވުންތެރިން ބައިވެރިވެ، ބޮޑު ތަރުހީބެއް!

06 ނޮވެމްބަރ 2023

ދިރާގުން މިދިޔަ މަހުގެ 27ވަނަ ދުވަހު ބޭއްވި ދިވެހިރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމަށްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް" ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ދުވުންތެރިންނާ އެކު މި އަހަރުގެ ދުވުމުގައި 4000 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓާވި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގުން މިދިޔަ މަހުގެ 27ވަނަ ދުވަހު ބޭއްވި ދިވެހިރާއްޖޭގެ އެންމެ ބޮޑު ދުވުން ކަމަށްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް" ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ދުވުންތެރިންނާ އެކު މި އަހަރުގެ ދުވުމުގައި 4000 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓާވި އެވެ.

މި ދުވުމުގައި ރާއްޖޭގެ އިތުރުން 27 ގައުމަކުން ދުވުންތެރިން ބައިވެރިވިއިރު އެންމެ ގިނައީ އަވަށްޓެރި އިންޑިއާގެ ދުވުންތެރިންނެވެ. އެ ގައުމުން 89 ދުވުންތެރިންނާއި ސްރީ ލަންކާ އިން 66 ދުވުންތެރިންނާއި ބަގްލަދޭޝްގެ 21 ދުވުންތެރިން ބައިވެރިވި އެވެ. މީގެ އިތުރުން ފިލިޕީންސްގެ 21 ދުވުންތެރިން އަދި ނޭޕާލްގެ 10 ދުވުންތެރިން ހިމެނެ އެވެ.

މި ރޭހަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ފެންވަރުގެ ރަން އަދި ވޯލްޑް އެތްލެޓިކްސް ކަލެންޑަރުގައިވެސް ހިމެނޭ ރޭހަކަށްވާއިރު 5 ގައުމަކުން ޕޮރޮފެޝަނަލް ދުވެންތެރިން ބައިވެރިވެގެން ދިއުމަކީ މި ރޭހަށްލިބުނު އިތުރު ފުރިހަމަކަމެކެވެ. ކެންޔާ، ލަންކާ، ރަޝިއާ، ޕިލިޕީންސް އަދި ނޭޕާލްގެ މި ދުވުންދެރިންގެ ތެރެއިން ތިން ގައުމެއްގެ ދުވުންތެރިން ވަނީ އެކި ކެޓަގަރީ ތަކުގެ ގަދަ ތިނެއްގައި ވެސް ހިމެނިފަ އެވެ.

ދިރާގުން މި އަހަރު ބޭއްވި ދުވުން ވެސް ހާއްސަކުރީ ކުޑަކުދިންގެ ހައްގުތަކަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޝިއާރުތަކާއި އެކު ކުރިއަށް ދިޔަ މި ދުވުމުގައި 12 ޖަމިއްޔާއަކުން ބައިވެރިވި އެވެ. އަދި މި ދުވުމުގައި ދިރާގުން ފަސް ޖައްމިއްޔާއަކަށް 200,000ރ. ގެ ފައިސާގެ އިނާމާ އެކު މި ރޭހުގެ ބައިވެރިންނަށް ރޭސް ކިޓް ވިއްކައިގެން ލިބުނު ފައިސާ ވެސް ވަނީ ޖަމިއްޔާތަކަށް ހަދިޔާކުރަން ނިންމައިފަ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މި އަހަރު ހޫނު ތަރުހީބެއް ލިބުނު އިރު މި ރޭހުގެ އާފްޓާ ޕާޓީއަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު އިވެންޓެކެވެ. މިއުޒިކީ ފަންނާނުންގެ ހުށަހެޅުންތަކާއި އެކު ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ފުރުސަތު ދީގެން "ސްޓްރީޓް ފުޑް"އާ އެކު ބޭއްވި މި ހަރަކާތަކީ ތަފާތު އަދި ފޯރިގަދަ ހަރަކާތެކެވެ.