05 ނޮވެމްބަރ 2023
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސަލްމާން ހާން އާއި ކެޓްރީނާ ކައިފްގެ ސްޕައި ފިލްމު "ޓައިގާ 3"ގައި ރިތިކް ރޯޝަން ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސަލްމާން ހާން އާއި ކެޓްރީނާ ކައިފްގެ ސްޕައި ފިލްމު "ޓައިގާ 3"ގައި ރިތިކް ރޯޝަން ހާއްސަ ފެނިލުމަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ކުރިން ބުނި ގޮތުގައި، މި ފިލްމުގައި ހާއްސަ ފެނިލުމަކުން ޝާހްރުކް ހާން ވެސް ފެންނާނެ އެވެ. ޝާހު އާއި ރިތިކް މި ފިލްމުގައި ފެންނާނެ ނަމަ، މިއީ ޔަޝްރާޖް ފިލްމްސް (ވައިއާރުއެފް)ގެ ސްޕައި ޔުނިވާސްގެ އެންމެ ބޮޑު ކްރޮސްއޯވާ އަށް ވާނެ އެވެ.
މި ފިލްމުގައި ދައްކާނީ ވެސް "ޓައިގާ"ގެ ދެވަނަ ފިލްމާއި އެ ޔުނިވާސްގެ އެހެން ފިލްމުތައް ކަމަށްވާ ޝާހުގެ "ޕަތާން" އާއި ރިތިކްގެ "ވޯ"ގެ ފަހުން ހިނގާ ކަންތައްތަކެވެ.
ސަލްމާން އާއި ކެޓްރީނާއާ އެކު، މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ އިމްރާން ހާޝްމީ، ރެވާތީ، ރަންވީރު ޝޯރޭ، ވިޝާލް ޖެތުވާ އަދި ރިދީ އެވެ. އެ ފިލްމުގެ ޓްރެއިލާ އާއި ލަވަތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ "ބޭންޑް ބާޖާ ބާރަތު" އާއި "ފޭން" ކަހަލަ ފިލްމުތައް ގެނެސްދިން މަނީޝް ޝަރުމާ އެވެ.
"ޓައިގާ 3" ސިނަމާތަކުގައި އަޅުވަން ފަށަނީ އަންނަ ހުކުރު ދުވަހު އެވެ.
ސަލްމާން "އިންޝާﷲ" ދޫކޮށްލި ސަބަބުތައް
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު
ބަންސާލީގެ "އިންޝާﷲ" އަށް އާލިއާ އާއި ރިތިކް؟
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޝާހު އާއި ސަލްމާން އަދި އާމިރް އެކުގައި ފިލްމެއް
އަޖޭގެ ފިލްމެއްގެ ވިލަންގެ ރޯލު ރިތިކް ކުޅެނީ
ވަރުންގެ "ބޭބީ ޖޯން"ގައި ސަލްމާން؟
ސަލްމާންގެ "ކިކް 2" އިއުލާންކޮށްފި
"ކްރިޝް 4"ގެ ލީޑަށް ރިތިކްއާ އެކު ޝްރައްދާ