07 ފެބުރުއަރީ 2017
ލަންޑަން (ފެބްރުއަރީ 7) - ސީރިއާގެ ޖަލުތަކުގައި 13،000 އަށް ވުރެ ގިނަ މީހުން މަރާފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.
ލަންޑަން (ފެބްރުއަރީ 7) - ސީރިއާގެ ޖަލުތަކުގައި 13،000 އަށް ވުރެ ގިނަ މީހުން މަރާފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތުން ނެރުނު އާ ރިޕޯޓެއްގައި ބުނެފައި ވަނީ ސީރިއާގެ ސޭދުނަޔާ ޖަލުގައި ދަންޖައްސައިގެން ގިނައިން މަރާފައި ވަނީ ސަރުކާރާ ދެކޮޅު އާއްމުން ކަމަށެވެ. އެ ޖަލުގައި ސެޕްޓެމްބަރު 2011 އިން ޑިސެމްބަރު 2015 އާ ދެމެދު ކޮންމެ ހަފުތާއަކު ވެސް އެތައް ބަޔަކު ދަންޖައްސާ ކަމަށް އެމްނެސްޓީން ބުނެފައިވެ އެވެ. ޖަލުތަކުގައި މީހުން މެރުމުގެ ހުއްދަ ދީފައި ވަނީ ސީރިއާ ސަރުކާރުގެ އެންމެ މަތިން ކަމަށް ވެސް ބުނެފައިވެ އެވެ.
ޖަލުގެ އެއްވެސް ގައިދީއަކަށް އަނިޔާކޮށް އަދި މަރާފައި ނުވާނެ ކަމަށް ސީރިއާ ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ތަޖްރިބާކާރަކު މީގެ އަހަރެއްހާ ދުވަސްކުރިން ވަނީ، ސީރިއާގައި ހައްޔަރުކުރާ މީހުންނަށް އަނިޔާކޮށް އަދި މަރަމުންދާކަމުގެ ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެމްނެސްޓީން ރިޕޯޓް ތައްޔާރު ކުރުމުގައި ވަނީ 84 މީހެއްގެ އިންޓަވިއު ނަގައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ގާޑުންނާއި ގައިދީންނާ އަދި ޖަލުގެ އޮފިޝަލުން ހިމެނެ އެވެ.
ސީރިއާގެ ސޭދްނަޔާ ޖަލުގައި ގައިދީއަކު ބަންދުކުރުމުގެ ކުރިން އަދި އޭނާ ޖަލުން ދޫކޮށްލި އިރު ހުރި ގޮތް.
އެމްނެސްޓީން ބުނެފައިވާ ގޮތުގައި ވެރިރަށް ދިމިޝްގުގެ އުތުރުން ހުންނަ ޖަލުގައި ކޮންމެ ހަފުތާއަކު އެއް ފަހަރު ނޫނީ ދެ ފަހަރު 20 ނުވަތަ 50 މީހުން މަރަ އެވެ. އަދި ގައިދީން މެރުމުގެ ކުރިން މިލިޓަރީ ކޯޓަކަށް އެ މީހުން ހާޒިރުކުރާ ކަމަށާ އަދި އެ މީހުންގެ ޝަރީއަތް ކުރިއަށް ގެންދަނީ ގިނަ ވެގެން ތިން މިނިޓަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އަސްކަރީ ކޯޓެއްގެ ފަނޑިޔާރާ ހަވާލާދީ އެމްނެސްޓީން ބުނެފައި ވަނީ ކޯޓަށް ހާޒިރު ކުރާ ގައިދީންނަށް ކުރާ ސުވާލަކީ އެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިތޯ ނުވަތަ ނޫންތޯ އެވެ. ޖަވާބަކީ އާއެކޭ ނުވަތަ ނޫނެކޭ ބުނި ނަމަވެސް އެ ގައިދީއަކު ކުށްވެރިވާ ކަމަށް ފަނޑިޔާރު ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ގައިދީން ދަންޖައްސާ ދުވަހު އެ މީހުން އެހެން ޖަލަކަށް ބަދަލު ކުރަނީ ކަމަށް ބުނެ ޖަލުގެ ބިންގަރާހަށް ގެންގޮސް ދޭއް ނުވަތަ ތިން ގަޑިއިރަށް އެ މީހުންނަށް އަނިޔާ ކުރާ ކަމަށެވެ. އަދި އެރޭ ދަންވަރު ގައިދީން ކަނުބަނުމަށް ފަހު ޖަލުގެ އެހެން ހިސާބަކަށް ގެންގޮސް، އެ މީހުން މަރަން ހުކުމްކޮށްފައިވާ ކަމަށް އަންގަ އެވެ. އޭގެ ފަހުން ގައިދީން ދަންޖެއްސުމަށް ފަހު އެ މީހުންގެ މަރު ސާބިތު ކުރުމަށް ދިމިޝްގުގެ ތިޝްރީން މިލިޓަރީ ހޮސްޕިޓަލަށް ގެންދާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ސިފައިންގެ ބިމެއްގައި އެ މީހުން ވަޅުލާ ކަމަށް ވެސް ބުނެފައި ވެ އެވެ.
އެމްނެސްޓީން ބުނެފައި ވަނީ ޑިސެމްބަރު، 2015 ގެ ފަހުން ސީރިއާގެ ޖަލުތަކުގައި މީހުން މެރިކަމުގެ ހެކި ލިބިފައިނުވާ ކަމަށެވެ. އެމްނެސްޓީން ބުނީ ޖަލުތަކުގައި މީހުން މަރާ މައްސަލައާ ގުޅޭ ގޮތުން ސީރިއާ ސަރުކާރުގެ ކޮމެންޓެއް ހޯދުމަށް ޖެނުއަރީ މަހު ކުރީކޮޅު ގުޅި ކަމަށާއި އެކަމަކު އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު އެމްނެސްޓީން ބުނެފައި ވަނީ ސީރިއާގެ ޖަލުތަކުގައި އަނިޔާކޮށްގެންނާއި ކާނާ އާއި ބޯފެން ނުދީ އަދި ސިއްހީ ފަރުވާ ނުދިނުމުގެ ސަބަބުން މާޗް 2011 އިން ޑިސެމްބަރު 2015 އާ ދެމެދު 17،723 މީހުން މަރުވެފައިވާ ކަމަށެވެ. ސީރިއާގެ ސޭދްނަޔާ ޖަލުގައި ދަންޖެއްސި މީހުން މި އަދަދުގެ ތެރޭގައި ނުހިމެނެ އެވެ.
ބިދޭސީ ސިފައިން ސީރިއާ އިން ބާލަން ބޭނުން: ސައޫދީ
ސީރިޔާގެ ވެރިރަށުގައި ވަރުގަދައަށް ހަނގުރާމަކުރަނީ
ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ދުވަސް ނާކާމިޔާބު
2017 ގައި މެދުއިރުމަތީގެ މިސްރާބަކީ ކޮބާ؟
ސީރިއާ ހަނގުރާމައިގައި 312،000 މީހުން މަރުވެއްޖެ
ހަލަބު ހީވަނީ ކަތިލާ ގެއެއްހެން: މަންޒަރު ދުށް މީހުން
ރައްގާ ހިފަން އެމެރިކާގެ އިތުރު ސިފައިން ސީރިއާ އަށް
ދެ އަހަރު ތެރޭ އައިއެސްގެ 50،000 ހަނގުރާމަވެރިން މަރާލައިފި
ސީރިއާގެ އަސްކަރީ އެއާޕޯޓަކަށް އިޒްރޭލުން ހަމަލާ ދީފި
ހަލަބުގެ ކާމިޔާބީއަކީ ބޮޑު ފިޔަވަޅެއް: އަސަދު