29 އޮކްޓޯބަރ 2023
ރައްޔިތުންގެ މަޖިލީހުގައި އަންހެން މެމްބަރުން ގިނަކުރަން ބާރު އެޅުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ހޮވޭ ކޮންމެ މެމްބަރަކަށް މަޖިލީހުގެ މުސާރަ އާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އަންހެން މެމްބަރުން ގިނަކުރަން ބާރު އެޅުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ހޮވޭ ކޮންމެ މެމްބަރަކަށް މަޖިލީހުގެ މުސާރަ އާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ވީހާވެސް ގިނަ އަންހެން މެމްބަރުން ބައިވެރިވެ، ހޮވިގެން ދިއުމަކީ އެ މަނިކުފާނު ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
މުއިއްޒު އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ 20 ޕަސެންޓް މެމްބަރުންގެ ގޮތުގައި އަންހެނުން ހޮވުމަށް ޕީޕީއެމް/ޕީއެންސީން މަސައްކަތްކޮށްދިނުމަށެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އަޅުގަޑު ވަރަށް އެދޭ ކަމެއް. މިގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހުގެ މަދުވެގެން %20 ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް… pic.twitter.com/swsAyrXW89
— Dr Mohamed Muizzu (@MMuizzu) October 29, 2023
މަޖިލިސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، ދާއިރާތަކަށް ޝައުގުވެރިކަން ފާޅުކޮށް، ބައެއް ބޭފުޅުން ގެންދަވަނީ ގޮނޑިތަކަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވަމުންނެވެ.
ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީހުގެ 20 ޕަސެންޓް ގޮނޑިއަށް އަންހެނުން ކުރިމަތިލާން އިންތިހާބީ ރައީސް އެދިވަޑައިގެންނެވިއިރު، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން އަންހެން މެމްބަރުންގެ އަދަދަކީ އެންމެ ހަތަރެކެވެ. އެއީ، މި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ.
އެކަމަކު، މަޖިލީހުގެ އާ އިންތިހާބުގައި ހަ ގޮނޑި އިތުރުކޮށް، 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެ އެވެ.
މަޖިލިހަށް އަންހެނުން ނެރެން ސްޕޮންސާއަށް އެދިއްޖެ
"ހުވާކުރާ ޖަލްސާގައި ނަޝީދުގެ މައްސަލަ އޮންނަންޖެހޭނެ"
މަޖިލީހަށް ހޮވުނީ އެންމެ ތިން އަންހެން ބޭފުޅުން!
32 އަންހެނުން: ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
ހުވާކުރާ ރަސްމިއްޔާތަށް މަންދޫބުން ވަޑައިގަންނަވަނީ
ސިޓީ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދީފި
ހުވާކުރައްވާ ރަސްމިއްުޔާތުގައި 46 ގައުމެއްގެ މަންދޫބުން
ޖަލްސާއަށް ވަޑައިގަތުމަށް ޔާމީން ހުއްދައަކަށް ނޭދޭ
މުއިއްޒުގެ 100 ދުވަހުގެ ޕްލޭން މިރޭ ނެރެނީ