26 އޮކްޓޯބަރ 2023
ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ތިން ގުނަ އިތުރަށް ހޭދަކޮށްފި އެވެ.
ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ތިން ގުނަ އިތުރަށް ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިއަހަރުގެ މިހާތަނަށް ބަދަލުގެ ގޮތުގައި 374 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއަހަރުގެ ބަޖެޓުގައި ބަދަލު ދިނުމަށް ކަނޑައަޅާފައިވަނީ 100 މިލިއަން ރުފިޔާ އެވެ. އެހެންވެ، މިހާރު ހޭދަކުރި އަދަދަކީ ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ 270 ޕަސެންޓު އިތުރު އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ވަނީ، ގެއްލުމުގެ ބަދަލަށް ކަނޑައެޅި ބަޖެޓް ހުސްވެފަ އެވެ. މިއަހަރު ބަދަލު ދީފައިވާ ކުންފުނިތަކުގެ މައުލޫމާތު ހޯދަން "މިހާރު" އިން ހުށަހެޅުމުން ވެސް އެ މައުލޫމާތު ދޭން ފިނޭންސް މިނިސްޓްރީން ވަނީ ދެކޮޅުހަދައިފަ އެވެ. އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެ ބަދަލުތައް ދޭން ޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކުރަން ޖެހުމުގެ ސަބަބުންނެވެ. މިދިޔަ ހަތަރު އަހަރު ވެސް ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް ސަރުކާރުން ހޭދަކޮށްފަ އެވެ.
ފުރަތަމަ ހަފްތާ:ހަރަދު 520 މިލިއަން ރުފިޔާ
ބޭނުންވާ މީހާއަށް ސަބްސިޑީ ދިނުން އަވަސްކުރަން ޖެހޭ
ބަޖެޓަށް 6.5 ބިލިއަން އިތުރުކުރަން މަޖިލީހަށް
ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ބަޖެޓުން ދީފި
ގެއްލުމުގެ ބަދަލަށް 93 މިލިއަން ރުފިޔާ ހޭދަކޮށްފި
މިދިޔަމަހު ލިބުނީ 2 ބިލިއަން، 2.4 ބިލިއަން ހޭދަވި
އިދިކޮޅުން ހުށަހެޅި އިސްލާހާ ނުލައި ބަޖެޓް ފާސްކޮށްފި
ބަޖެޓަށް ވޯޓަށް އެހުން ހޯމަ ދުވަހު
ބަޖެޓް ފައިނޭންސްގެ 38 ޕަސެންޓް ހޯދައިފިން: އަމީރު
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"