Roadha Mihaaru
ގައުމީ އެމްބިއުލާންސް ފަށައިފި؛ ގުޅާނީ 100 އަށް

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި؛ ގުޅާނީ 100 އަށް

25 އޮކްޓޯބަރ 2023

ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ގައުމީ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ގައުމީ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ މިއީ ސިއްހީ ނިޒާމު ފުރިހަމަ ކުރުމަށް މުހިންމު ހިދުމަތެއް ކަމާށެވެ. އަދި މިއީ މާޒީގައި ހިނގާފައިވާ ހާދިސާތައް ތަކުރާރުވިޔަނުދީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ލިބެންޖެހޭ ހިދުމަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ހޮސްޕިޓަލް ތަކަށް ލުއިވެގެންދާނެ ކަމަށެވެ.

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހެލްތް މިނިސްޓްރީ

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހެލްތް މިނިސްޓްރީ

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ވަނީ 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ގާއިމުކޮށްފަ އެވެ. މި ހިދުމަތް މިއަދު ފެށީ މާލެ ސަރަހައްދުގަ އެވެ. ހިދުމަތް ހޯދުމަށް ގުޅަންޖެހޭނީ 100 އަށެވެ.

މިފަދަ ހިދުމަތެއް ގާއިމް ކުރުމުގެ އެންމެ މުހިންމު މަގްސަދަކީ މެޑިކަލް އިމަޖެންސީތަކާއި އެކްސިޑެންޓްތަކުގައި އަވަހަށް އެޓެންޑްވެ ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއާގެ ހިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން .-- ފޮޓޯ: ހެލްތް މިނިސްޓްރީ

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުން .-- ފޮޓޯ: ހެލްތް މިނިސްޓްރީ

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ގައުމީ އެމްބިއުލާންސް ހިދުމަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކާއި ކަމާ ގުޅުންހުރި މުއައްސަސާތަކުން މިހިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިވަގުތު އެ ހިދުމަތް ފެށީ މާލެ ސަރަހައްދުގައި އެކި ނަމަވެސް މުސްތަގުބަލްގައި އެކި ސަރަހައްދުތަކަށް ބަހާލައިގެން މުޅިރާއްޖެއަށް އެ ހިދުމަތް ފުޅާކުރަން ވަނީ ނިންމައިފި އެވެ.